4000 ފްލެޓް ހިމެނޭ ބައެއް ޓަވަރުތައް... ފޮޓޯ: ވޮއިސް
ހަބަރު
19 Jul 2025 | 14:17
ފްލެޓްތައް ލިބުނު ފަރާތްތައް އެފްޑީސީއާ ހިއްސާކުރަންފަށައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ 4،000 ފްލެޓަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފްލެޓްތައް ލިބުނު ފަރާތްތަކުގެ މައުލޫމާތު ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކުރަން ފަށައިފިއެވެ.

މިކަމާގުޅޭގޮތުން ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތައް ލިބުނު ފަރާތްތަކާ އެތަންތަން ހަވާލުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ފްލެޓްތައް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރަން ފަށާފައިވާކަމަށެވެ. މިނިސްޓްރީން ބުނީ، ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދާނީ ފަހިދިރިއުޅުން ކޯޕަރޭޝަނުން ކަމަށާއި، ސޮއިކުރުން ކުރިއަށްގެންދާނީ ފްލެޓްތަކުގެ މަސައްކަތް ނިމޭ ތަރުތީބުންކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ފަހިދިރިއުޅުން ކޯޕަރޭޝަނަށް ފޮނުވާ ފަރާތްތައް "ގެދޮރުވެރިޔާ ޕޯޓަލް" މެދުވެރިކޮށް އެންގޭނޭކަމަށެވެ. އެގޮތުން އެފަރާތްތަކަށް ފްލެޓާ ގުޅޭ ކަންކަމުގައި އެފްޑީސީ އަދި މިނިސްޓްރީން ގުޅައި އެސްއެމްއެސްކޮށް ނުހަދާނޭކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

 ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ނިންމާފައިވާ 4،000 ފްލެޓްގައި ހިމެނޭ އެޕާޓްމަންޓްތައް ލިބުނު ފަރާތްތަކާއެކު މިފެށޭ ހަފްތާގެ ތެރޭގައި ސޮއިކުރަން ފަށާނޭކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ފަހުގެ މަޢުލޫމާތު ހާމަކުރުމަށް ވަޒީރުންނާއިއެކު ކުރިއަށްގެންދާ އަހާ ޕްރޮގްރާމުގައި ރައްޔިތަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިކަމަކީ ބުރަ މަސައްކަތެއްކަމަށާއި، މިހާރު އެކަމަށް ތަނެއް ހަމަޖެހި ޓެންޓްތައް ޖެހުމުގެ މަސައްކަތާއި އިދާރީ މުއައްޒަފުންނާއި، ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ މަސައްކަތް ނިމެމުންދާ ވަރަކަށް އެ ތަންތަން ހަވާލު ކުރަމަށް ނިންމާފައިވާއިރު، ޖުލައިމަހުގެ ތެރޭގައި ބައެއް ފްލެޓްތަކަށް ވަދެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މިދިޔަ ޖޫންމަހުގެ 19 ވަނަ ދުވަހު ފްލެޓްތަކަށް ކުރެއްވި ޒިޔާރަތަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަމާޒަކީ ވީހާވެސް އަވަހަށް ފްލެޓްތަކަށް މީހުން ވެއްދުންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ