ޮޕާކިސްތާނުގެ ސަހަރެއްގައި ފެންބޮޑުވެފައި... ފޮޓޯ: އޭއެފްޕީ
ދުނިޔެ
19 Jul 2025 | 16:18
ޕާކިސްތާނުގެ ޕަންޖާބަށް ކުރި ވިއްސާރާގައި 48 ގަޑިއިރު ތެރޭގައި 70 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ޕަންޖާބަށް ކުރަމުންދާ ވިއްސާރާގައި 48 ގަޑިއިރުގެ ތެރޭގައި އެ ސްޓޭޓުން 70 މީހުން މަރުވެއްޖެކަމަށް އެޤައުމުގެ ޕްރޮވިންސިއަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (ޕީޑީއެމްއޭ) އިން ހާމަކޮށްފި އެވެ.

ޕާކިސްތާނުގެ ޕްރޮވިންސިއަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (ޕީޑީއެމްއޭ) އިން ބުނީ ޕާކިސްތާނަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ގޭގޭގެ ފުރާޅު ވެއްޓުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.

މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ވިއްސާރަ މޫސުން ފެށުނު ފަހުން ވެސް 462 މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އެގޮތުން ބިން ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް މިކަމުގެ ސަބަބުން ނުރައްކާވުމުގެ ފުރުސަތު ބޮޑުކަމަށް ޕީޑީއެމްއޭ އިން ވަނީ ބުނެފައެވެ. ސަބަބަކީ ބިން ތިރި ހިސާބުތަކުގައި ފެން ބޮޑުވުމުގެ ފުރުސަތު ބިން އުސް ސަރަހައްދުތަކަށްވުރެ ބޮޑުވީމަ އެވެ. 

ޕީޑީއެމްއޭ އިން ބުނި ގޮތުގައި ފެން ބޮޑުވުމުގެ ހާދިސާތަކުގައި ޕާކިސްތާނުން އެންމެ ގިނަ މީހުން މަރުވެފައިވަނީ ހުކުރު ދުވަހު އެވެ. 

ޗަކްވާލް ސިޓީއަކީ ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ ސިޓީ އެވެ. ޗަކްވާލްއަށް ކުރި ވިއްސާރައިގެ ސަބަބުން ކޯރުތައް ބަންޑުންވުމުގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް، އެތައް ބަޔަކު ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ.

ޕީޑީއެމްއޭއިން ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ޕާކިސްތާނަށް އައު ވިއްސާރައެއް ފެށުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ ހައި އެލަރޓް ވެސް ނެރެފަ އެވެ. އެހެންކަމުން ކުއްލި ހާލަތުގެ ޕްލޭންތައް ތަންފީޒު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ޕީޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެޤައުމުގެ ރައްޔިތުން މޫސުމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް ޕީޑީއެމްއޭ އިން ވަނީ އަންގާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.