ދަރިވަރުންގެ ދަސްވިނިވުމެއްގެ ތެރެއިން.. | ފޮޓޯ: ހަޔަރ އެޑިއުކޭޝަން
ހަބަރު
20 Jul 2025 | 13:00
ސުޓޫޑަންޓް ލޯނުގެ ގޮތުގައި 982 މިލިއަން ރުފިޔާ ދޫކޮށްފި

ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިހާތަނަށް ޖުމްލަ 982.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑެވެލޮޕްމެންޓުން ހާމަކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަނުން އެކްސްގައި އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނު ފައިސާގެ އަދަދު އެއްބިލިއަން ރުފިޔާއާ ކައިރިކުރާއިރު، މިއަހަރުއެކަނިވެސް ވަނީ 282 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 1،151 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާ އިރު 863 ދަރިވަރުން ވަނީ ތަޢުލީމު ހާސިލް ކޮއްފައެވެ. 2025 ވަނަ އަހަރު މިހާތަނަށް 274 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާ އިރު 281 ދަރިވަރުން ވަނީ ތަޢުލީމު ހާސިލް ކޮށްފައެވެ. އަދި މިހާރު ތަޢުލީމުހާސިލް ކުރަމުންދާ ދަރިވަރުންގެ އަދަދަކީ 1642 އެވެ. އެއީ 664 ފިރެހެން ދަރިވަރުންނާއި 978 އަންހެން ދަރިވަރުންއެވެ. 

2024 ވަނަ އަހަރު 1709 ދަރިވަރުން ވަނީ ސްޓުޑެންޓް ލޯންއަށް އެދިފަ އެވެ. ނަމަވެސް ކޮލިފައި ވެފައިވަނީ 1153 ދަރިވަރުންއެވެ. 

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަކީ ރާއްޖޭގެ ސްޓޫޑަންޓް ލޯނު ދޫކުރަން ފެއްޓި އެންމެ ފުރަތަމަ ތަނެވެ. ސްޓޫޑެންޓް ލޯނުގެ ބޭނުމަކީ އިތުރު ތަޢުލީމު ހާސިލް ކުރަން ބެނުންވާ ދަރިވަރުންނަށް ފަސޭހަ ގޮތެއްް ހަމަޖައްސައި ދިނުމެވެ. އަދި ދިވެހިރާއްޖޭގެ ތަޢުލީމީ ފެންވަރު ކުރިއަރުވާ ޤައުމު ތަރައްގީ ކުރުމުގެ ނިޔަތުގައި ކުރާ ކަމެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.