އާރުޑީސީން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
                              ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި ގުޅިގެން މުވައްޒަފުން ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
މިކަމާއި ގުޅިގެން އާރުޑީސީން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ސެޝަންގައި، މުވައްޒަފުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މުވައްޒަފުންގެ ޙައްޤުތަކާ ގުޅޭގޮތުން މުވައްޒަފުންނަށް މައުލޫމާތު ދެވިފައިވާ ކަމަށެވެ.
އާރުޑީސީން ބުނެފައިވާ ގޮތުގައި މި ސެޝަން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، މުވައްޒަފުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މުވައްޒަފުންގެ ޙައްޤުތަކާ ގުޅޭގޮތުން މުވައްޒަފުންނަށް ލިބެންޖެހޭ ޢިލްމު ހަރުދަނާކުރުމުގެ މަގުސަދުގައި ބޭއްވުނު ސެޝަނެއް ކަމަށެވެ.
އާރުޑީސީން މުވައްޒަފުން ހޭލުންތެރިކުރުމުގެ ގޮތުން މިފަދަ ސެޝަންތައް އަބަދުވެސް ބާއްވަމުންކަން ފާހަގަކޮށްލަންޖެހެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists