ޑެލްޓާ މަތިންދާބޯޓުގައި ރޯވުން | ފޮޓޯ : ބީބީސީ
ދުނިޔެ
20 Jul 2025 | 15:27
ޑެލްޓާ އެއާލައިންގެ މަތިންދާބޯޓެއްގެ އިންޖީނުގައި އަލިފާންރޯވެއްޖެ

ޑެލްޓާ އެއާލައިންގެ މަތިންދާބޯޓެއް ނައްޓާލިތާ އިރުކޮޅެއްތެރޭ އިންޖީނުގައި އަލިފާން ރޯވެއްޖެއެވެ. 

މި މަތިންދާބޯޓު ދަތުރުކުރީ ކެލިފޯނިޔާ ސިޓީގެ ލޮސް އޭންޖެލަސް އިން އެޓްލަންޓާއަށެވެ. އަލިފާން ރޯވެފައިވަނީ މި ބޯޓު އެޓްލަންޓާއަށް ދިޔުމަށް ނައްޓާލިތާ ހިނދުކޮޅެއް ތެރޭގައެވެ. ރޯވެފައިވަނީ ވާތްފަރާތު އިންޖީނުގައެވެ. އަލިފާންރޯވެފައި ވަނީ މި އެއާލައިންގެ 466 މަތިންދާބޯޓުގަ އެވެ.

އަލިފާން ރޯވި ވީޑިއޯއެއް ޖޯޝް ނަމަކަށް ކިޔާ މީހަކު ވަނީ ބީބީސީ ނިއުސް ޗެނަލް އާއި ހިއްސާ ކޮއްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމަކަށް މައުލޫމާތު ލިބިފައެއްނުވެއެވެ. މަތިންދާބޯޓު ޖެއްސިތަނާ އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި ބޯޓުގެ ހިދުމަތްވަނީ ވަގުތީގޮތުން މަރާމާތައް މެދުކަނޑާ ލާފައެވެ.  

މީގެ ކުރިންވެސް ޑެލްޓާ އެއާލައިންސް ގެ މަތިންދާބޯޓެއްގެ އިންޖީނުގައި ވަނީ މިއަހަރު 21 އޭޕްރިލްގައި ފްލޮރިޑާގެ އޯލެންޑޯ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮއްވައި އަލިފާން ރޯވެފައެވެ. މި ހާދިސާގައި ވެސް އެއްވެސް މިހަކަށް އަނިޔާއެއް ލިބިފައެއްނުވެއެވެ. ކުރިން އަލިފާން ރޯވެފައިވަނީ މި އެއާލައިންގެ 1213 ބޯޓުގައެވެ.

މިއީ ޑެލްޓާ އެއާލައިންސްގެ މި އަހަރު ހިނގި ތިންވަނަ ހާދިސާއެވެ. އޭގެ ތެރެއިން މިއީ ދެވަނަ އަލިފާނުގެ ހާދިސާއެވެ. 2023 ވަނަ އަހަރުވެސް މި އެއާލައިންގެ ބޯޓެއްގެ ފިޔަގަނޑުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.