ފަހިދިރިއުޅުން ކޯޕަރޭޝަނުގެ ބައެއް ޓަވަރުތައް... ފޮޓޯ: ވޮއިސް
ހަބަރު
21 Jul 2025 | 08:57
ފްލެޓް ދޫކުރުމުގެ އުސޫލުގައި ހުރި ކަންބޮޑުވުންތަކަށް އެފްޑީސީގެ ބަހެއް އަދިނެތް

ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ 4،000 ފްލެޓް ދޫކުރުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ އުސޫލްތައް ހުރިގޮތުން ފަހި ޔޫނިއަން ޖަމިއްޔާއިން އިއްޔެވަނީ ކަންބޮޑުވުންފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ޖަމިއްޔާއިން މި ބަޔާން ނެރެފައި ވަނީ ފްލެޓްތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި އަދި އެނޫންވެސް ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް އެފްޑީސީގެ އިސްވެރިންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމަށްފަހުއެވެ.

މި ބަޔާނުގައި ފަހިޔޫނިއަނުން ވަނީ ފްލެޓްތައް ދޫކުރާއިރު މިލްކްކުރެވޭ ގޮތަށް އޮންނަ އުސޫލާއި، ތަޅުދަނޑި ހަވާލުކުރުމާއި، އަދި ޖޫރިމަނާކުރުމުގައި އަމަލުކުރަން ނިންމާފައިވާ އުސޫލާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. 

ފަހިދިރިއުޅުން ކޯޕަރޭޝަނުން ދޫކުރާ ފްލެޓްތަކުގެ އެއްބަސްވުން 25 އަހަރަށް ހެދުމަށް ނިންމާފައިވާއިރު، ފްލެޓްތައް މިލްކްކުރެވޭނީ އެ މުއްދަތުގައި ދެއްކުމަށް އޮންނަ ފައިސާ ދައްކައި ހަލާސްކުރުމުންކަމަށް ހައުސިން މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މިކަމާ ގުޅޭގޮތުން ފަހި ޔޫނިއަނުްނ ބުނެފައިވަނީ ހިޔާ ފްލެޓްތައް ދޫކޮށްފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން މިލްކުވާގޮތަށް ކަމަށާއި، އެ މަޝްރޫޢުގައި ޑައުންޕޭމަންޓް ދައްކަން ނުޖެހި ތަޅުދަނޑިވެސް ހަވާލުކުރިކަމަށެވެ. 

ފަހި ޔޫނިއަނުން އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރި އެއްކަމަކީ ކަނޑައެޅިފައިވާ ތާރީހަށް މަހުކުލި ނުދައްކައިފިނަމަ ކުރާ ޖޫރިމަނާއެވެ. އެ ޖަމިއްޔާއިން ވަނީ މަހުގެ 10 އެއްގެ ކުރިން ކުލި ނުދައްކައިފިނަމަ ކުރާ ޖޫރިމަނާ ބޮޑުކަން ފާހަގަކޮށްފައެވެ. އެގޮތުން 7,000 ރުފިޔާ ދައްކަންޖެހޭ ފަރާތްތަކުން، ޖޫރިމަނާގެ ގޮތުގައި 15،000 ރުފިޔާ، އަދި 9،000 ރުފިޔާ ދައްކަންޖެހޭ އެޕާޓްމަންޓްތަކުން ޖޫރިމަނާގެ ގޮތުގައި 25،000 ރުފިޔާގެ އަދަދެއް ދައްކަންޖެހޭކަން އެޖަމިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ފަހި ޔޫނިއަނުގެ ބަޔާނުގައި ބުނެފައިވަނީ މިކަންކަމަކީ އެ ފްލެޓްތައް ދޫކުރާނޭކަމަށް ސަރުކާރުން ގެންގުޅުނު އުސޫލްތަކާ ހިލާފްކަމެއްކަމަށާއި، ހިޔާ އަދި ވިނަރެސް ފްލެޓަށް ލުއިދިން ބީދައިން 4،000 ޔުނިޓްތައް ލިބޭ ފަރާތްތަކަށްވެސް ލުއިތައްދޭން ޖެހޭނޭކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓްތައް ދޫކުރުމުގެ އުސޫލްތަކާ ގުޅިގެން ފަހި ޔޫނިއަން ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރުނު ނަމަވެސް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަދި މިކަމާ ގުޅޭގޮތުން ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ. ނަމަވެސް ވޮއިސްއާ ވާހަކަދައްކަމުން އެފްޑީސީގެ އޮފިޝަލަކު ވަނީ ފަހި ޔޫނިއަންގެ ޖަމިއްޔާގެ ބަޔާނުގައި ބައެއްކަހަލަ އޮޅުންތައް ހިމެނޭކަން ފާހަގަކޮށްފައެވެ. އެގޮތުން އެކަމާ ގުޅޭގޮތުން ހާމަކުރަންޖެހޭ މައުލޫމާތުތައް މިއަދުގެ ވަގުތެއްގައި އާއްމުކުރާނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކައިރިން އެފެންނަނީ ފަހިދިރިއުޅުމުގެ ބައެއް ޓަވަރުތައް... ފޮޓޯ: ވޮއިސް

ސޯޝަލް ހައުސިން ޔުނިޓްތަކަށް ކުލި ނުދެއްކުމަކީ ބޮޑު މައްސަލައެކެވެ. މިކަމުގެ ކަންބޮޑުވުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަނީ ހާމަކޮށްފައެވެ. އެޗްޑީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހިޔާ މަޝްރޫޢު އެކަނިންވެސް ކުލީގެ ގޮތުގައި އެޗްޑީސީއަށް ނުދައްކާ 700 މިލިއަނަށްވުރެ ގިނަ ރުފިޔާ އެބައޮތެވެ. މީގެ އިތުރުން ހުޅުމާލޭ ފޭސް އެކެއްގައި ހުރި ފްލެޓްތަކުންވެސް އެޗްޑީސީއަށް 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތެވެ.

އެޗްޑީސީގެ ފްލެޓްތަކަށް ކުލި ނުދައްކާ މައްސަލަ ބޮޑުވެފައިވާއިރު، ފްލެޓްތަކަށް ކަސްޓަމަރުން ކުލި ދައްކަމުންދާ ގޮތުގެ މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ ގައި ގާއިމުކޮށްފައިވާ ކްރެޑިޓް އިންފޮމޭޝަން ޔުނިޓާ ހިއްސާކުރަމުންދާކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. އެޗްޑީސީން ބުނެފައިވަނީ، ކަސްޓަމަރުންގެ ކްރެޑިޓާ ބެހޭ މަޢުލޫމާތު އެމްއެމްއޭ ގައި ގާއިމުކޮށްފައިވާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމާ ހިއްސާކޮށްފައިވަނީ އެކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ.

އެމްއެމްއޭގެ ކްރެޑިޓް ލިސްޓްގައި ކުލިނުދައްކާމީހުންގެ ނަންތައް ހިމެނުމުން ކުރިއަށް އޮތްތަނުގައި އެފަދަ ފަރާތްތަކަށް ބޭންކްތަކުން ލޯނު ހޯދުމާއި އެނޫންވެސް މާލީގޮތުން ކުރަންޖެހޭ މުއާމަލާތްތައް ކުރުމުގައި ހުަރަސްތަކެއް ކުރިމަތިވެގެންދާނެއެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި މިހާރުވެސް ކަންކަން ކުރަމުން އަންނަ ގޮތެވެ. ކްރެޑިޓް ހިސްޓްރީ ރަނގަޅު ނޫންނަމަ، ބޭންކްތަކުގެ އިތުރުން ލީސިން ކުންފުނިތަކުން މިހާރުވެސް އެމީހަކަށް ލޯނާއި ކްރެޑިޓް އުސޫލުން ހިދުމަތް ދެމުން ނުދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
ރައީސް ނަޝީދު ކުރުވާހަކަ ފޮތެއް
"ކުރުވާހަކަ - 80ގެ ފަހުކޮޅު" ގެ ނަމުގައި މި ފޮތް ޝާއިޢުކުރަނީ ނަޝީދުގެ ހިއްސާ އޮންނަ އޯޝަން ޕަބްލިޝާސް އިންނެވެ. ފޮތުގެ އަގެއްގެ ގޮތުގައި ކަނޑައެޅާފައިވަނީ 250 ރުފިޔާއެވެ. ފޮތުގައި ހިމެނޭ ވާހަކަތަކުގެ ތެރޭގައި "ޗާލާ ޒަމާން" "ޤައުމީ މަޝްރޫޢު" "ރީތި ހަދިޔާ" އަދި "މޫސަބަރު" ހިމެނެއެވެ.
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.