ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ): ފޮަޓޯ/ މަޖިލިސް
ހަބަރު
21 Jul 2025 | 10:00
ކޭ ކާޕް މައްސަލަ ހައްލުނުވެ ދިގުލައިގެންދާތީ މަޖިލީހަށް ގަރާރެއް

ކޭ-ޕާކް ރެސިޑެންސް ގެ ނަމުގައި އަމިއްލަ ކުންފުންޏަކުން ހުޅުމާލޭގައި ފަށައިފައިވާ ހައުސިންގ މަޝްރޫޢުއާ ގުޅިގެން ދިމާވެފައިވާ މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ. 

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

މެންބަރު ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ، އަމިއްލަ ކުންފުންޏަކުން ފެށި ކޭ-ޕާކް ރެސިޑެންސް މަޝްރޫޢުން ފްލެޓް ގަތުމަށް ޓަކައި އެއްބަސްވުމުގައި ސޮއިކޮށް، ގިނަ އަދަދެއްގެ ބަޔަކު ޑައުން-ޕޭމަންޓް ދައްކައި، އަދި ބައެއް މީހުން ފްލެޓްގެ ޖުމްލަ އަގުވެސް ދައްކައިފައިވީ ނަމަވެސް އެ މަޝްރޫޢުގެ މަސައްކަތް ނުނިމި، އެތަކެއް އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ. 

އަދި އެ މަޝްރޫޢުގެ ފްލެޓްތަކުގެ ތެރެއިން 1 ފްލެޓް 1 ފަރާތަށްވުރެ ގިނަ ފަރާތްތަކަށް ވިއްކުމަށް އެއްބަސްވެފައިވާކަމާއި، ފްލެޓް ވިއްކުމުގެ ނަމުގައި ވަރަށް ގިނަ ފަރާތްތަކެއް އަތުން ފައިސާ ނަގައިފައިވާކަން އެނގެން އޮތް އިރު، އެ ފަރާތްތަކުގެ ތެރެއިން ފްލެޓް ދޭނެ ފަރާތެއް ކަނޑަނޭޅި ލަސްވަމުން ދިއުމުގެ ސަބަބުން އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރެވޭނެކަމުގެ ޔަގީންކަން ކުޑަވަމުންދާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. 

ހަމަ އެހެންމެ، ފައިސާ ދެއްކުމަށްފަހު ފްލެޓް ނުލިބި ލަސްވަމުން ދިއުމުގެ ސަބަބުން މާލީ ގޮތުން ގެއްލުންވެ، އެ ފައިސާ އެ މަޝްރޫޢުގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އެހެން މަޝްރޫޢަކުން ފްލެޓެއް ގަތުމުގެ ފުރުސަތު ބަންދުވެފައިވާ ކަންވެސް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ. 

މީގެ އިތުރުން، ފްލެޓެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތުމަކީ، އެހެން ފްލެޓެއް ނުލިބޭނެ ސަބަބެއް ކަމަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅައިފައި އޮންނާތީ، ކޭޕާކު މަޝްރޫޢުން ފްލެޓް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާތޫލީ ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ފޯމު ހުށަހެޅުމަށްވެސް ހުރަސްއެޅިފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. 

މެންބަރުގެ ގަރާރުގައި ބުނެފައިވާގޮތުން، މި މައްސަލަތައް ހައްލުކޮށްދޭތޯ ދައުލަތުގެ އެކި މުވައްސަސާތަކަށް ސިޓީ ހުށަހަޅައި މަސައްކަތް ކިރެވިފައިވާ ކަމަށާ ނަމަވެސް އަދިވެސް ހައްލު ނުވާތީ، މިކަމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި، ޤަރާރު ހުށަހެޅުއްވީ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.