މާފަރު ރައްޔިތުންނާ ރައީސް މުޢިއްޒު ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
21 Jul 2025 | 11:41
ރައްޔިތުން އެދުނު ގޮތަށް މާފަރު ސިއްހީ މަރުކަޒުގެ އެއްބަސްވުން ބަދަލު ކުރާނަން: ރައީސް މުޢިއްޒު

މާފަރުގެ ރައްޔިތުން ބޭނުންވާ ގޮތަށް އެރަށު ސިއްހީ މަރުކަޒުގެ އެއްބަސްވުން ބަދަލު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ރޭ ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރީ 10 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއުގެ ދަށުން 4 އެނދުގެ ވޯޑަކާ އެކު ޕްރައިވެޓް ރޫމަކާއި ނާސް ސްޓޭޝަން އަދި މީޓިން ހޯލާއި ޕަބްލިކް ހެލްތު ޔުނިޓް ގާއިމްކޮށް ޕޯޓިކޯ ގާއިމް ކުރަން ނިންމާފައިވެ އެވެ.

ނަމަވެސް އެ އެގްރީމަންޓާއި ގުޅިގެން ހުރި ކަންބޮޑުވުންތައް މާފަރު ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. 

ރައީސް މުޢިއްޒު މާފަރު ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

އެކަމަށް އިޝާރާތް ކުރައްވައި، މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މާފަރުގައި ކުރަން ހުރި މަސައްކަތް ތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ ސިއްހީ ދާއިރާއަށް ކޮށްދެން ހުރި ކަންކަމަށް ވާއިރު، ސިއްހީ މަރުކަޒާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ގެންނަވާނެ ކަމަށެވެ. ‏⁦

ރޭގައި ސޮއި ކުރެވުނު މަޝްރޫޢުގައި، އިތުރު ކަންތައްތަކެއް ރަނގަޅުކުރަން ހުރިކަމަށް އަޅުގަނޑަށް މިއަދު މި މައުލޫމާތު ލިބުނީ. އެހެންވީމާ އަޅުގަނޑު ދަންނަވާފައިވާނެ މިހާރު، މި ހަފްތާ ނިމުމުގެ ކުރިން ރައްޔިތުން ބޭނުންވާ ސްކޯޕްގައި، ނޫނިއްޔާ ބޭނުންވާ ގޮތަށް ބަދަލުކޮށް، މަދުވެގެން އިތުރު 15 އެނދު ހިމެނޭގޮތަށް ބަދަލުކޮށް ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއްގެ ގޮތުގައި އެގްރީމަންޓް އަލުން ސޮއި ކޮށްގެން ފަށަން

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން އެއާޕޯޓަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި މެހެމާނުން މަޑުކޮށްލަން ހޮޓަލެއް އެއާޕޯޓުގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާކަންވެސް ފާހަގަކުރައްވާފައެވެ. 

ހަމަ އެހެންމެ، ބޯހިޔާވަހިކަމަށް އަންނަ އަހަރުގެ ބަޖެޓުގައި އެއް ބިލިޔަން ރުފިޔާ ކަނޑައަޅައިގެން ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގާ އާ ރަށްތަކުގެ ތެރޭގައި މާފަރު ހިމެނިގެންދާނެ ކަމަށާއި، އެރަށު ކަރަންޓުގެ މައްސަލަ ވެސް ވަރަށް އަވަހަށް ހައްލުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
ރައީސް ނަޝީދު ކުރުވާހަކަ ފޮތެއް
"ކުރުވާހަކަ - 80ގެ ފަހުކޮޅު" ގެ ނަމުގައި މި ފޮތް ޝާއިޢުކުރަނީ ނަޝީދުގެ ހިއްސާ އޮންނަ އޯޝަން ޕަބްލިޝާސް އިންނެވެ. ފޮތުގެ އަގެއްގެ ގޮތުގައި ކަނޑައެޅާފައިވަނީ 250 ރުފިޔާއެވެ. ފޮތުގައި ހިމެނޭ ވާހަކަތަކުގެ ތެރޭގައި "ޗާލާ ޒަމާން" "ޤައުމީ މަޝްރޫޢު" "ރީތި ހަދިޔާ" އަދި "މޫސަބަރު" ހިމެނެއެވެ.
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.