ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ - ފޮޓޯ: މަޖިލިސް
ހަބަރު
21 Jul 2025 | 16:45
ޑޮލަރުގެ އަގު މައްޗަށް ދިޔައީ އެމްޑީޕީން ފައިސާ ޗާޕުކޮށްގެނެއް ނޫން، މިއީ އެހެން ކަމެއް: ޣަފޫރު

ޑޮލަރުގެ އަގު މައްޗަށް ދިޔައީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ނޫންކަމަށް ހަނިމާދޫ ދާއިރާ އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާއިރު އެކަމުގައި އެއްވެސް ބަހެއް ވިދާޅު ނުވެ ގަވަރުނަރު ހުންނަވާތީ އާއި ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ރަސްމާލެ ހިއްކަން ފައިސާ ދައްކާ ކަމަށްބުނެ އެމްޑީޕީ ޕީޖީން މިއަދު ވަނީ ގަވަރުނަރާ ބައްދަލުކުރަން އެމްއެމްއޭއަށް ގޮސްފައެވެ.

އެފަހުން، މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ޣަފޫރު ވިދާޅުވީ، ގަވަރުނަރު އަމަލު ކުރެއްވީ ޑޮލަރުގެ މައްސަލަ އަކީ އެބޭފުޅާއާ ބެހޭ ކަމެއް ނޫން ކަމަށް ދޭހަވާފަދަ ގޮތަކަށް ކަމަށެވެ. އެހެން ނަމަވެސް ގަވަރުނަރެއް ހުންނެވި ނަމަ ޑޮލަރުގެ މައްސަލައާ ގުޅޭ ކަންބޮޑުވުންތައް ގަވަރުނަރާ ހިއްސާކުރެވި، އެކަމާއި ބެހޭ މައުލޫމާތު ސާފުކުރެވެން ޖެހޭނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ. 

އަދި މިހާރު ޑޮލަރުގެ އަގު 22 ރުފިޔާއަށް އަރާފައުވާ ކަމަށާ، ވީއިރު މާދަމާ އެ އެ އަގު އަރާނެ ވަރުވެސް ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޑޮލަރުގެ އަގު މަތިވެފައިވަނީ އެމްޑީޕީ ސަރުކާރުގެ ސަބަބުން ކަމަށް އަދުގެ ސަރުކާރުން ބުނި ނަމަވެސް އެއީ ކަންވެފައިވާ ގޮތް ނޫން ކަމަށް ޣަފޫރު ވިދާޅުވިއެވެ.

އެބޭފުޅުން ވިދާޅުވަނީ އެމްޑީޕީ ސަރުކާރުގައި ފައިސާ ޗާޕުކޮށްގެންނޭ މިހެން މިކަން ދިމާވަނީ. އެއީ ދޮގެއް. އެމްޑީޕީ ސަރުކާރުގައި ފައިސާ ޗާޕުކޮށްގެން ނަމަ، އެ އެއްއަހަރު ތެރޭގައި އެކަން އަންނަން ޖެހޭނެ. އޭގެ ހަތަރު އަހަރުފަހުން މި މައްސަލަ އައުން މީކީ އެކަމެއް ނޫން. މިއީ މުޅިން އެހެން ކަމެއް. ފައިނޭންސް ދަންނަ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، މިވެގެން އުޅޭ ގޮތް. 17، 17.50 އަށް އަލުގަނޑުމެންގެ ސަރުކާރުގައި ޑޮލަރު ހުރީ.

ޣަފޫރު

އެމްޑީޕީން ވަނީ، ޑޮލަރުގެ މައްސަލައާއި ގުޅިގެން ކަންބޮޑުވުން ހުރި ހުރިހާ ފަރާތްތަކުން މާދަން 11:00 ގައި އެމްއެމްއޭ ކުރިމައްޗަށް އައުމަށް އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
ރައީސް ނަޝީދު ކުރުވާހަކަ ފޮތެއް
"ކުރުވާހަކަ - 80ގެ ފަހުކޮޅު" ގެ ނަމުގައި މި ފޮތް ޝާއިޢުކުރަނީ ނަޝީދުގެ ހިއްސާ އޮންނަ އޯޝަން ޕަބްލިޝާސް އިންނެވެ. ފޮތުގެ އަގެއްގެ ގޮތުގައި ކަނޑައެޅާފައިވަނީ 250 ރުފިޔާއެވެ. ފޮތުގައި ހިމެނޭ ވާހަކަތަކުގެ ތެރޭގައި "ޗާލާ ޒަމާން" "ޤައުމީ މަޝްރޫޢު" "ރީތި ހަދިޔާ" އަދި "މޫސަބަރު" ހިމެނެއެވެ.
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.