ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު: ފޮޓޯ/ މަޖިލިސް
ހަބަރު
23 Jul 2025 | 10:21
އަތޮޅުތަކުގެ ވިޔަފާރިތަކުން ކަރަންޓަށް ކުރާ ޚަރަދު މާލެއަށްވުރެ ބޮޑުތަނުން ބޮޑު ކަމަށް ބުނެ ގަރާރެއް

މާލެ ފިޔަވައި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓާއި ފެނުގެ ޚިދުމަތަށް، ނަގާ އަގު ވެރިރަށް މާލެއަށްވުރެ ބޮޑުތަނުން ބޮޑު ކަމަށް ބުނެ، މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބަލަން ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހެޅުއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދެވެ.

އެ ގަރާރުގައި ބުނީ، ސަރުކާރުގެ ޔުޓީލިޓީ ކުންފުނިތަކުން ކަރަންޓާއި ފެނުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ކޮމާޝަލް ރޭޓުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަަރަންޓާއި ފެނުގެ ހިދުމަތަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑު ކަމަށެވެ. 

އެގޮތުން، ސްޓެލްކޯއާއި ފެނަކައިން ކަރަންޓުގެ ޚިދުމަތަށް ކަނޑައަޅާފައިވާ އަގުތަކާއި، އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ފެނުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މާލެއަށް ކަނޑައަޅާފައިވާ އަގުތަކާއި މާލެ ފިޔަވައި ރަށްރަށަށް ކަނޑައަޅާފައިވާ އަގުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ އަގުތަކުގެ ފަރަގުވެސް ގަރާރުގައި ވަނީ ހިމަނުއްވާފައެވެ. އެއީ؛

ފެން މީޓަރެއް މާލޭގައި ރީލޮކޭޓު ކޮށްދެނީ 850ރ. އަށް، އަތޮޅުތެރޭގައި 2،200ރ. އަށް - 159 ޕަސެންޓު ބޮޑު

ފެނުގެ ހިދުމަތް މާލޭގައި ގުޅައިދެނީ 3187.84ރ. އަށް އަތޮޅުތެރޭގައި 5000ރ. އަށް - 57 ޕަސެންޓު ބޮޑު

ކަރަންޓޫ ބޭނުންކުރޭ މިންވަރު 301-500 އާއި ހަމައަށް މާލޭގައި ނަގަނީ ޔުނިޓަކަަށް 3.65ރ.، އަތޮޅުތެރޭގައި 6ރ. - 64 ޕަސެންޓު ބޮޑު

ދުވާލެއްގެ މައްޗަށް 201 ލީޓަރަށް ވުރެން މަތިން ފެން ބޭނުންކޮށްފި ނަމަ މާލޭގައި ނަގަނީ 101.26ރ.، އަތޮޅުތެރޭގައި 135ރ. - 34 ޕަސެންޓު ބޮޑު

ކަންމިހެން ހުރުމުން، ރަށްރަށުގައި ހަރަކާތްތެރިވާ ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުން ފެނާއި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ހޯދުމަށް ކުރާ ހޭދަ އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާކަމަށް ޝަމްހީދު ވިދާޅުވިއެވެ.

އެގޮތުން، އާންމު ވިޔަފާރިތަކަށާއި ކުދި ވިޔަފާރިތަކަށް، ޚާއްސަކޮށް ގެސްޓްހައުސް ފަދަ ވިޔަފާރިތަކަށް ކަރަންޓަށް ކުރަން ޖެހޭ ހޭދަ 40 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ އަދަދަކުން އިތުރުވުމާއި، ފެނުގެ ޚިދުމަތަށް މާލެ އާ ބަލާއިރު އަތޮޅުތަކުގައި 35 ޕަސެންޓު އިތުރުވެފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. 

ޝަމްހީދު ވިދާޅުވި ގޮތުގައި، މި ތަފާތުކުރުމުގެ ސަބަބުން ރަށްރަށުގައި ހިންގަމުންދާ ވިޔަފާރިތަކަށް އެކަށީގެންނުވާ މިންވަރެއްގެ މާލީ ބުރަ އުފުލަން ޖެހިފައިވާ ކަމަށާއި މިކަން މިގޮތަށް ކުރިއަށްދާ ނަމަ ކުދި ފަންތީގެ ވިޔަފާރިތަކާ މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

ކޮމެންޓް
ްއެހެނަސް
ކަލޭމެންގެ ވެރިކަމުގަ ވެސް ހުރި އަގު އެއީ އޭރު އޯކޭ މިހާރު އޯކޭ ނޫން
23 Jul 2025
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.