ޕޮލިސް ކުލަބާއި ޔަންގް ޑީޖީޑީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: މާންގްރަފީ
ކުޅިވަރު
24 Jul 2025 | 09:17
ފުރަތަމަ މެޗުގައި ޔަންގް ޑީޖީޑީ އަތުން ކާށިދޫ ޕޮލިސް ކުލަބަށް ތަފާތުބޮޑު މޮޅެއް

ކާށިދޫ ކައުންސިލްގެ ފުޓްބޯޅަ ޗެލެންޖް މިއަދު ހެނދުނު ފެށިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ގުރޫޕް އޭގެ ކާށިދޫ ޕޮލިސް ކުލަބާއި ޔަންގް ޑީޖީޑީ ވާދަކުރި މެޗު ފަސޭހަކަމާއެކު 10-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޕޮލިސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޕޮލިސް ކުލަބުން މެޗު ޑޮމިނޭޓްކުރިއިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑަކާއެކު 4-1 ގެ ނަތީޖާއަކުން ޕޮލިސް ކުލަބު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޕޮލިސް ކުލަބުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ކާށިދޫ ޕޮލިސް ކުލަބުގެ އަހުމަދު ނިޝާހު ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ އަހުމަދު ރާޒީ އަދި މުހައްމަދު ޝިޒާން ޝަހީރު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. 

ޕޮލިސް ކުލަބާއި ޔަންގް ޑީޖީޑީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: މާންގްރަފީ

މީގެ އިތުރުން އެޓީމުގެ މޫސާ ނަބީލް، އަހުމަދު މުހައްމަދު އަދި މުހައްމަދު މުސްތަފާ މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި އެއްލަނޑު ކާމިޔާބުކުރިއިރު، ޔަންގް ޑީޖީޑީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުﷲ ފަޒީލް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކާށިދޫ ޕޮލިސް ކުލަބުގެ އަހުމަދު ނިޝާހު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޝަރަފްވެރި މެހެމާން ޓްރޮފީ ހަވާލުކޮށްދެނީ.. ފޮޓޯ: މާއުގްރަފީ

24 ޖުލައި 2025 އިން 03 އޮގަސްޓް 2025 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިއަހަރު އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖައެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، މުބާރާތުގެ ސެމީ ފައިނަލް ދެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 31 އަދި އޮގަސްޓް އެއްވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް ތިންވަނަ ދުވަހު އެވެ.

ޕޮލިސް ކުލަބާއި ޔަންގް ޑީޖީޑީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: މާންގްރަފީ

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމަށް 40،000 އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ކާށިދޫ ކައުންސިލްގެ ފަރާތުން ވަނީ ކަޑައަޅާފައެވެ. 

މުބާރާތުގެ އޮފިޝަލް ޕާޓްނަރުންގެ ގޮތުގައި މީޑިއާ ޕާޓްނަރު ވޮއިސް ސްޕޯޓްސް، ޓްރަވަލް ޕާޓްނަރ މައިދޫ ސްޕީޑްސް އަދި ބޭވަރެޖް ޕާޓްނަރު ލަކީ ވޭ، ފޮޓޯގްރަފީ ޕާޓްނަރު މާން ގްރަފީ، ކިޓް ޕާޓްނަރު ބެންބޫ އަދި ޕްރިންޓިންގ ޕާޓްނަރަކަށް ރެޑް ކްރިއޭޓިވް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި އެމްޖީ ސްޕޯޓްސް އެކަޑަމީ ހިމަނާފައިވާއިރު، ކޯ ސްޕޮންސަރުންގެ ގޮތުގައި ފަންގި އިންވެސްޓްމަންޓް، ޑައިމަންޑް ރޫޓް، ކެފޭ ދި ބޮޑުގެ، އީއެކްސްއީ ޝޮޕްގެ އިތުރުން ކުދިރަތްމާ ވަނީ ހަމަޖައްސާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް