ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޑައިލިސިސް ސެންޓަރު ހުޅުވައި ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Jul 2025 | 15:27
ހުޅުމާލެ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރު ހުޅުވައިފި، 30 އެނދު ހިމެނޭ

ހުޅުމާލޭ ހޮސްޕިޓަލްގެ އައު ޑައިލަސަސިސް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

އޮރެންޖް ހިޔާގައި ގާއިމުކޮށްފައިވާ މި ޑައިލަސިސް ސެންޓަރަކީ 30 އެނދުގެ ސެންޓަރެކެވެ. މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ މި ސެންޓަރަކީ ގުރުދާގެ ބަލިތަަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ޑައިލަސިސްގެ ހިދުމަތް ފެށީ 2012 ވަނަ އަހަރު އެވެ. އޭރު އެ ހިދުމަތް ފެށީ އެންމެ ހަތަރު ޑައިލަސިސް މެޝިނާއެކު އެވެ. އޭގެ ފަހުން 2020 ވަނަ އަހަރު އިތުރު މެޝިންތަކާ އެކު ހިދުމަތް ފުޅާކުރި އެވެ. އެ އަހަރު ވަނީ މެޝިންތަކުގެ އަދަދު 10 އަށް އިތުރުކޮށްފަ އެވެ.

އިތުރު 30 އެނދާއެކު އޮރެންޖް ހިޔާގައި މި ހިދުމަތް ފެށުމުން ބަލި މީހުންނަށް ބޮޑު ފަސޭހައެއް ލިބޭނެ އެވެ. މި ސެންޓަރު ތަަރައްގީ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އައު ޑައިލަސަސިސް ސެންޓަރެއް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.