މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ ޢަބްދުﷲ މައުމޫން... ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
28 Jul 2025 | 14:35
މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މާނު، އެމްއައިބީއަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހިއްޖެ

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ ޢަބްދުﷲ މައުމޫނުގެ މައްޗަށް މޯލްޑިވްސް އިސްލާމިކް ބޭންކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލްކޯޓުން މާނުގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ، އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނަކަށް އެއްބަސްވުމުގައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާތީވެ، އެ ބޭންކުން ސިވިލްކޯޓަށް ހުށަހެޅި ދައުވާގައެވެ. މި ދައުވާ ކުރިއަށްގެންގޮސްފައިވަނީ، މާނު ޝަރީއަތަށް ހާޒިރުނުވުމުން ޢައިރުހާޒިރުގައެވެ. 

އިސްލާމިކް ބޭންކުން ކުރި ދައުވާގައި ވަނީ މާނަށް ދޫކޮށްފައިވާ ޑިމިނިޝް މުޝާރަކާ ޕްރޮޕަޓީ ފައިނޭންޝަލް ފެސިލިޓީ ނުދެއްކުމުން ޖޫންމަހުގެ 24 ވަނަ ދުވަހަށްވާ 1.1 މިލިއަން ރުފިޔާ އާއި ޗެރިޓީގެ ގޮތުގައި 7،498.29 ރުފިޔާ ހޯދުމަށެވެ. 

ކޯޓުން ކުރި އެ ހުކުމްގައި ބުނެފައިވަނީ  ފައިސާއަކީ މާނު އެމްއައިބީއަށް ދައްކަންޖެހޭކަމަށް ސާބިތުވާކަމަށެވެ. އެގޮތުން ޖުލައިމަހުގެ 24 ވަނަ ދުވަހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ކޯޓުގެ ހުކުމްގައި ވަނީ ބުނެފައެވެ. 

މާނުގެ މައްޗަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ އެމްއައިބީއަށް ދެއްކުމަށް ހުކުމްކުރިއިރު، މަނީ ލޯންޑްރިން މައްސަލައެއް މިދިޔަ އަހަރުގެ އޮގަސްޓްމަހު ފުލުހުން ވަނީ ބަލަން ފަށާފައެވެ. އޭރު އެ މައްސަލަ ބަލަންފަށާފައިވަނީ ވަރަށް ގިނަދުވަހު ބޭރުގައި އުޅުއްވުމަށްފަހު މާނު އެނބުރި މާލެ ވަޑައިގެންނެވިތަނުންނެވެ.

މާނުގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދިފައިވަނީ މާނު މޯލްޑިވް ގޭހުގެ އެމްޑީކަމުގައި ހުންނެވިއިރު ކައްކާ ގޭސް ގެނައުމުގެ މުއާމަލާތުގައި ބޭރުގެ ކުންފުންނަކުން 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ރިޝްވަތުގެ ގޮތުގައި ހިފާފައިވާކަމަށް ބުނެއެވެ. މި މައްސަލާގައި އޭސީސީން ވަނީ މާނުގެ މައްޗަށް 7 ދައުވާއެއް ކޮށްދިނުމަށް އެދިފައެވެ.

ނަމަވެސް މާނު ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާތަކަށް އިންކާރުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ