އެވޯޑް ހަފްލާގެ ތެރެއިން.. ފޮޓޯ: އާއިލާއާ ބެހޭ ވުޒާރާ
ހަބަރު
04 Aug 2025 | 07:02
އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް 11 އެވޯޑެއް ލިބިއްޖެ

އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446 ގައި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބައިވެރިކުރުވި ޑްރާމާއަށް 11 އެވޯޑެއް ލިބިއްޖެއެވެ.

ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސްއިން ބޭއްވި "އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446" ގައި މި ވުޒާރާގެ ފަރާތުން ބައިވެރިކުރި ޑްރާމާ "ޢާއިލާ" އަށް ބޮޑު ކާމިޔާބީއެއް ލިބުނުއިރު، މިއީ އެންސީއޭއިން އިންތިޒާމުކުރި މި މުބާރާތުގައި ޑްރާމާއަކަށް މިހާބޮޑު ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވއެވެ. މި މުބާރާތުގައި އާއިލީ ތަރައްޤީއާ ބެހޭ ވުުޒާރާއިން ބައިވެރިކުރި "އާއިލާ" ޑްރާމާއަށް ވަނީ ޖުމްލަ 11 އެވޯޑް ލިބިފައެވެ.

މި ޑްރާމާއަށް އެންމެ މޮޅު ފިރިހެން އަދި އަންހެން އެކްޓަރ، އެންމެ މޮޅު ޑައިރެކްޓަރ، އެންމެ މޮޅު ސްކްރީންޕްލޭ، އެންމެ މޮޅު އަންހެން ނިއުކަމަރ އަދި އެންމެ މޮޅު ލަވައިގެ އެވޯޑް ވަނީ ލިބިފައެވެ. މީގެ އިތުރުން، ބެލުންތެރިންގެ އެންމެ ގިނަ ވޯޓާއިއެކު އެންމެ މަޤްބޫލް ޑްރާމާ، އެންމެ މަޤްބޫލް ފިރިހެން އަދި އަންހެން އެކްޓަރުގެ އެވޯޑު ވެސް ހާސިލުކޮށްފައިވަނީ"ޢާއިލާ' އެވެ. އަދި އާދަޔާހިލާފު މޮޅު ހުށަހެޅުމަށް ދޭ ޖަޖުންގެ ޚާއްސަ އެވޯޑް ވެސް ލިބިފައިވަނީ ވެސް މި ޑްރާމާއަށެވެ. އާއިލާ ޑްރާމާގެ ޑައިރެކްޓަރަކީ. މަޝްހޫރު ފިލްމު ކުޅުންތެރިޔާ އަދި ފިލްމު ޑައިރެކްޓަރ މުޙައްމަދު ފައިސަލްއެވެ

އެވޯޑް ހަފްލާގެ ތެރެއިން.. ފޮޓޯ: އާއިލާއާ ބެހޭ ވުޒާރާ

ޑްރާމާގެ މައިގަނޑު މަޤްސަދަކީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް މި ވުޒާރާއިން ކުރިއަށް ގެންދާ 'ކޮންމެ ކުއްޖަކަށް ޢާއިލާއެއް' ޕްރޮގްރާމާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއެކު، އެ ކުދިންނާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރުންކަމަށް އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެއެވެ. މީގެއިތުރުން، އެކުދިންނަކީ މުޖުތަމަޢު ބަލައިގަންނަ ގަދަރުވެރި ކުދިންނަށް ހެދުމުގައި މުޖުތަމަޢުގެ އެއްބާރުލުން ހޯދައި، ތަސައްވުރު ބިނާކުރުމަށް މި ޑްރާމާ މެދުވެރިކޮށް ތަފާތު މެސެޖުތައް ވަނީ ރައްދުކޮށްދީފައެވެ.

މި ޑްރާމާއަށް ބެލުންތެރިންގެވެސް ބޮޑު މަޤްބޫލުކަމެއް ވަނީ ލިބިގެންގޮސްފައެވެ. އެގޮތުން، ޑްރާމާއިން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކޮންމެ ކުއްޖަކަށްވެސް ލޯބިވާ އަދި އެހީތެރިވެދޭ ޢާއިލީ މާޙައުލެއް ފޯރުކޮށްދިނުމުގެ މުހިންމުކަން ފެނިގެން ގޮސްފައިވެއެވެ. މިއީ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި މި ވުޒާރާއިން ހުށަހަޅައިދީފައިވާ ފުރަތަމަ ޑްރާމާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

"އާއިލާ" ޑްރާމާގެ ޒަރިއްޔާއިން ކޮންމެ ކުއްޖަކަށް ޢާއިލީ ވެއްޓެއްގެ ލޯތްބާއި ހިމާޔަތާއި ރައްކާތެރިކަން ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމުކަން އާންމުންނަށް ވަޒަންކުރެވި، މި މަސައްކަތުގައި މިހާރަށް ވުރެ ބޮޑަށް މުޖުތަމަޢުގެ އެއްބާރުލުން ލިބުމަށް މަގުފަހިވެގެން ދިއުމަކީ  އާއިލީ ތަރައްޤީއާ ބެހޭ ވުުޒާރާއިން ކުރާ އުއްމީދުކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށ
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.