އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --
ހަބަރު
04 Aug 2025 | 17:36
"ވަގު ޕޭޖުތައް ހިންގާ މީހުން ފަޅާއަރާނެ" ކަމަށް ވިދާޅުވެ ޝަހީމް ކުރެއްވި ޕޯސްޓް ޑިލީޓް ކުރައްވައިފި

"ވަގު ޕޭޖުތައް ހަދައިގެން އުޅޭ މީހުން ފަޅާއަރަންވީމާ ހަމަ ފަޅާއަރާނެ" ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޕޯސްޓް ޑިލީޓް ކުރައްވައިފި އެވެ.

މިނިސްޓަރު ޝަހީމް ވަނީ ފޭސްބުކްގައި މިއަދު ކުރެއްވި އެ ޕޯސްޓް, ޕޯސްޓް ކުރެއްވިތާ އިރުކޮޅެއްގެ ތެރޭގައި ޑިލީޓް ކުރައްވާފަ އެވެ. ޕޯސްޓްގައި ޝަހީމް ވިދާޅުވީ "ވަގު ޕޭޖުތައް ހަދައިގެން އުޅޭ މީހުން ފަޅާއަރަންވީމާ ހަމަ ފަޅާއަރާނެ" ކަމަށެވެ. އޭގެ ފަހުން މަލާމާތުގެ ގޮތުން ބޭނުންކުރާ އިމޯޖީތަކެއް ޖައްސަވާފައިވެ އެވެ. އަދި ކުރީން ވިދާޅުވި ވާހަކަތަކަށް ބާރު ދެއްވުމުގެ ގޮތުން "މިއީ ކަން އޮތްގޮތް" ކަަމަށް ވިދާޅުވި އެވެ.

ޝަހީމް މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމްއާ ގުޅޭ "ނުބައި" ޕޯސްޓެއް ޝެއާ ކުރެވުނު ގޮތް ބަލަމުންދާ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައި ވަނިކޮށެވެ.

ޝަހީމްއާ ގުޅޭ ވިޔާނުދާ ވާހަކަތަކަކާއި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ޕޯސްޓެއް އާދަމްގެ ޕާސަނަލް އެކައުންޓުން ވަނީ ޝެއާ ކޮށްފަ އެވެ. އެއީ އާދަމްގެ އެކައުންޓް ކަން ވަނީ ޔަގީން ކޮށްދީފަ އެވެ.

އެކަމާއި ގުޅިގެން އާންމުންގެ ގިނަަ ބަަޔަކު ސުވާލު އުފެއްދުމުން މިނިސްޓަރު އާދަމް ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފަ އެވެ. ވިދާޅުވީ މިނިސްޓަރު ޝަހީމަކީ ވަރަށް އިހްތިރާމް ކުރާ ދީނީ އިލްމުވެރިއެއް ކަމަށެވެ. އަދި އެއީ ދައުލަަތަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އިހްލާސްތެރި ހާދިމެއް ކަމަށެވެ.

މިނިސްޓަރު ޝަހީމަކީ އޭނާގެ އެކުވެރި އަދި ވަރަށް ރަހްމަތެރި ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.

"އެމަނިކުފާނާއި ބެހޭ ގޮތުން އަޅުގަނޑު ގަބޫލުނުކުރާ އެއްޗެއް އަޅުގަނޑުގެ ފޭސްބުކް ޕޭޖުގައި ހިއްސާ ކުރެވުނީ ކިހިނެތްތޯ މި ދަނީ ބަލަމުން," އާދަމްގެ ފޭސްބުކް ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށ
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.