ލާމަރުކަޒީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން... ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
06 Aug 2025 | 09:31
ލާމަރުކަޒީ ބިލް ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ލާމަރުކަޒީބިލަށް އެއްވެސް ބަދަލެއް ނުގެނެސް ލާމަރުކަޒީ ކޮމިޓީން ބިލު ފާސްކޮށް ނިންމައިފިއެވެ.

ރޭ ބޭއްވި ލާމަރުކަޒީ ކޮމިޓީން ބިލް ބަޖިލީހުގެ ތަޅުމަށް ފާސްކުރަން ފޮނުވުމަށް ނިންމިއިރު، ބިލް ދިރާސާކުރުމުގެ މަރުހަލާގައި އެއްވެސް ބަދަލެއް ގެނެސްފައިނުވާކަން ފާހަގަކޮށްލެވެއެވެ. ބިލް ފާސްކުރަން ކޮމިޓީ މަރުހަލާގައި ވޯޓުދީފައިވަނީވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންނެވެ. ކޮމިޓީން ބިލް ފާސްކުރަން ދެކޮޅުހެއްދެވީ ވ.ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދެވެ.

ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ވަނީ 5 އިސްލާހެއް ގެނައުމަށް ނިންމާފައެވެ. މި ބިލް މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ނިންމާފައިވާއިރު، މި ޖަލްސާއިން މި ބިލް ފާސްކުރާނެއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހްތަކަށް އިދިކޮޅު އެމްޑީޕީން ވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. 

އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަަދައްކަވަމުން އެޕާޓީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރަރު އަލީ ނިޔާޒު ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައުމަށް ނިންމާފައިވާ އިސްލާހްގެ ސަބަބުން ކައުންސިލްތައް އިތުރަށް ބަލިކަށިވެގެން ދިއުން ނޫންކަމެއް ނުވާނޭކަމަށެވެ. ނިޔާޒް ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ނިންމާފައިވާ އިސްލާހްތަކާއެކު ކައުންސިލްތައް މާލީގޮތުން އިތުރަށް ބަލިކަށިވެގެންދާނޭކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މި ބިލާގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ ލާމަރުކަޒީ ގާނޫނަށް ގެންނަން ނިންމާފައިވާ އެއް ބަދަލަކީ ކައުންސިލްތަކުން އުފައްދާ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތައް ވަކި ޝަރުތުތަކަކަށް ފެއްްތުން ކަމަށެވެ. އެ ގޮތުން 10 މިލިއަނަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ނުކުރެވޭނޭކަމަށް އަލަށް ހުށަހެޅި އިސްލާހްގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ކައުންސިލުގެ ދައުރުގެ ފަހު އަހަރުގައި ފިނޭންސް މިނިސްޓްރީއާއި އެލްޖީއޭގެ އިރުޝާދުތަކާއި ކަނޑައަޅާ އުސޫލުތަކާ ހިލާފަށް ދާއިމީ ނުވަތަ ކޮންޓްރެކްޓު މުވައްޒަފުން ވަޒީފާއަށް ނުނެގޭނެ އެެވެ. ސަރުކާރުން ބުނެފައިވަނީ، މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ މުހިންމު ފިޔަވަޅެއްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.