މެމްބަރު ނާޒިމް.. ފޮޓޯ: މަޖިލިސް
ހަބަރު
06 Aug 2025 | 12:40
ފެންނަމުންދަނީ މުއައްސަސާތަކުގެ ވެރިން ނުހައްގުން މުއްސަނދިކަން ހޯދަމުންދާތަން: ނާޒިމް

ފެންނަމުން މިދަނީ މުއައްސަސާތަކުގެ ވެރިންނާއި، މިނިވަންމުއައްސަސާތަކަށް ނިސްބަތްވެ ވަޑައިގަންނަވާ ވެރިން ނުހައްގުން މުއްސަނދިކަން ހޯދަމުންދާތަންކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް އިސްލާހަށް ބަހުސްކުރައްވަމުން މެމްބަރު ނާޒިމް ވިދާޅުވީ ފެންނަމުން މިދަނީ މުއައްސަސާތަކުގެ ވެރިންނާއި އަދި މިނިވަން މުއައްސަތާތަކުގައި ތިއްބަވާ ބޭފުޅުން ނުހައްގުން މުއްސަނދިކަން ހޯދައި، އަދި އެބޭފުޅުންގެ އާއިލާތަކަށްވެސް މުއްސަނދިކަން ނުހައްގުން ހޯދައިދީ އެކަން ފޮރުވަމުންދާ ތަންކަމަށެވެ. 

ނާޒިމް ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ފެނިގެންދިޔައީ ޓެކްސް ނުދެއްކުމުގެ ޖޫރިމަނާތައް ފަސްކޮށްދީ މައާފްކޮށްދިންތަން ކަމަށާއި އެގޮތުން ރަށްރަށުން ދައްކަން ހުރި ޖޫރިމަނާތަކުގެ އަދަދު 9 ބިލިއަން ރުފިޔާއަށް އަރާކަން ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ މިދިޔަ ސަރުކާރުން ރިސޯޓްތަކުން ދައްކަން އޮތް ކުއްޔާއި، ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ އަދަދަށްވާ އެތައް ބިލިއަން ރުފިޔާއެއް މައާފްކޮށްދީ ފަސްކޮށްދީފައިވާކަމަށެވެ. 

އެކަންކަން ކޮށްފައިވަނީ ދެފުށްފެންނަ ގޮތަކަށްނޫންކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ބަދަލުދިނުމަށް ހެދި ކޮމިޓީއަކާ، ރައީސުލްޖުްހޫރިއްޔާގެ އޮފީހުގައި ތިބޭ މަދުބޭފުޅުންކޮޅެއް އެބޭފުޅުންގެ އަމިއްލަ މަސްލަހަތު ހިމެނޭގޮތަށް ކަންކަމުގައި މައާފްކޮށްދީފައިވާކަން ފާހަގަކުރެވޭ

ނާޒިމް ވިދާޅުވިއެވެ

ނާޒިމް ވިދާޅުވީ އެކި ދުވަސްވަރުމަތިން ދައުލަތަށް ލިބެންއޮތް ވަރަށްބޮޑެތި އަދަދުތައް މައާފްކޮދީފައިވާއިރު، ތެކްސް ނެގުމުގެ ޤާނޫނަށް މިހާރު ހުށަހެޅި އެ އިސްލާހްގެ ސަބަބުން ދެފުށް ފެންނަ ގޮތަކަށް މީރާއިން ކަންކަން ކުރުމަށް މަގުފަހިވެގެންދާނޭކަމަށެވެ.

ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް ބަލާއިރު ބަޔާން އަދި ފައިސާ ނުދައްކާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ޖަލަށް ލެވޭގޮތަށް އޮންނަކަން ފާހަގަކޮށްލެވެއެވެ.

ދައުލަތުގެ ޓެކްސް އިދާރާގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެ އަހަރު ނިމުނުއިރު، މީރާ މެދުވެރިކޮށް އެކަނިވެސް  ދައުލަތަށް 16.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހެއެވެ. 

މީރާއިން ހިސާބު ހެދިއިރު, މިދިޔަ އަހަރު ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 16.8 ބިލިއަން ރުފިޔާއަށް އަރާއިރު، މީގެ ތެރޭގައި ލިބެންހުރި ފައިސާގެ އަދަދެއްކަމަށް ބުނެފައިވަނީ 12.7 ބިލިއަން ރުފިޔާއެވެ. އަދި ލިބޭނޭކަމަށް ޝައްކުވާ އަދަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، 4.1 ބިލިއަން ރުފިޔާއެވެ.

މީރާއަށް ލިބެންޖެހޭ ބައެއް އަދަދުތައް:

- ރިސޯޓްތަކުގެ ކުލި: 4.2 ބިލިއަން ރުފިޔާ

- އެގްރީމެންޓާ ހިލާފްވެގެން: 3.4 ބިލިއަން ރުފިޔާ

- އާއްމު ޖީއެސްޓީ: 2.9 ބިލިއަން ރުފިޔާ

- ޤާނޫނާ ހިލާފްވެގެން ކުރެވުނު ޖޫރިމަނާ: 2.5 ބިލިއަން ރުފިޔާ

- ޓީޖީއެސްޓީ: 1.4 ބިލިއަން ރުފިޔާ

- ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް: 1.07 ބިލިއަން ރުފިޔާ

- ވިތްހޯލްޑިން ޓެކްސް: 240 މިލިއަން ރުފިޔާ

- ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް: 36.6 މިލިއަން ރުފިޔާ

- ގްރީން ޓެކްސް: 194 މިލިއަން ރުފިޔާ

- އެއާޕޯޓް ސާވިސްޗާޖް: 274 މިލިއަން ރުފިޔާ

މީރާއަށް ނުލިބިހުރި ފައިސާ ހޯދުމަށް މިދިޔަ އަހަރު ކުރެވުނު މަސައްކަތްތަކުން އެކަނިވެސް 3.7 ބިލިއަން ރުފިޔާ ހޯދިފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. 

ކޮމެންޓް
ބޭބެ
ޗެލެންޖް ކޮށްފަ މިބުނަނީ ތިޔައީ ހުސް ހަރާމްގޮތުގައި ދަމާފައިސާ އިސްލާމްދީނުގަ ނޯންނާނެ ޒަކާތްފިޔަވާ ނެގޭނެ އެއްވެސް ފައިސާއެއް!
06 Aug 2025
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.