ސޮން ހިއުން މިން
ކުޅިވަރު
07 Aug 2025 | 09:13
ސޮން އެލްއޭއެފްސީއަށް ސޮއިކޮށްފި

ޓޮޓެންހަމްގެ ސައުތުކޮރެއާ ފޯވާޑް ސޮން ހިއުން މިން އެމްއެލްއެސްގެ ރެކޯޑް ޓްރާންސްފާ ފީއަކަށް އެލްއޭ އެފްސީއަށް ސޮއިކޮށްފިއެވެ. 

އެލްއޭއެފްސީއަށް ސޮއިކުރުމަށްފަހު ސޮން ބުނީ " އެލްއޭއެފްސީއަކީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅިވަރު ސިޓީގެ ކުލަބަކަށްވެފައި މިޓީމާއި ގުޅެން ލިބުމަކީ ވަރަށް ފަޚުރުވެރިވާ ކަމެއްކަމާށާއި އަދި ލޮސް އެންޖެލިސްއަކީ ޗެންޕިއަނުންގެ މުއްސަނދި ތާރީހެއް އޮތް ސިޓީއެއް ކަމަށެވެ. އަދި މިއީ އަހަރެންގެ ކެރިއަރުގައި މުޅިން ތަފާތު ތަޖުރިބާއެއް ކަމަށާއި، އުންމީދަކީ މިޓީމާއެކު ކާމިޔާބު ހޯދުންކަމަށެވެ.

އުމުރުން 33 އަހަރުގެ ސޮން، ޓޮޓެންހަމާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، އެލްއޭއެފްސީ އިން އޭނާގެ ސޮއި ހޯދާފައިވަނީ އެމްއެލްއެސްގެ ރެކޯޑެއް ކަމަށްވާ 20 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއަކަށެވެ.

ޖަރުމަނުގެ ބަޔާ ލެވަކޫސަން އިން 2015 ވަނަ އަހަރު ޓޮޓެންހަމް އާއި ގުޅުނު ސޮން ވަނީ ނިމިގެންދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުގެ ޗެންޕިއަންކަން ޓޮޓެންހަމް އަށް ހޯދަދީ 17 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެ ޓީމަށް މުބާރާތެއް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ޓޮޓެންހަމްގައި ހޭދަކުރި 10 އަހަރުގެ ތެރޭގައި ސޮން ވަނީ އެ ކްލަބަށް 454 މެޗު ކުޅެދީ 173 ލަނޑު އެ ކުލަބަށް ކާމިޔާބުކޮށްދީފައެވެ. އަދި މީގެ އިތުރުން 22-2021 ވަނަ އަހަރުގެ ސީޒަނުގައި ސޮން ވަނީ ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ އެވޯޑް ވެސް ހޯދާފަ އެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.