ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޑްރީމް ޓީމު..
ކުޅިވަރު
07 Aug 2025 | 09:47
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ޤައުމީ ޓީމަށް ކޯޗަކު ހޯދުމަށް އިއުލާންކޮށްފި

އަންނަ މަހު މިޔަންމާގައި އޮންނަ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ޤައުމީ ފުޓްސަލް ޓީމަށް ކޯޗަކު ހޯދުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާނުކޮށްފި އެވެ.

އެފްއޭއެމް އިން އިއްޔެ ގެޒެޓް ކޮށްފައިވާ އިއުލާނުގައި، ގައުމީ ފުޓްސަލް ޓީމުގެ ކޯޗުކަމަށް ކުރިމަތިލާން ހުޅުވާލައިފައިވާއިރު، އެ އިއުލާނުގައި މަޤާމަށް އެދި އެޕްލިކޭޝްން ހުށްހެޅުމަށް ޝަރުތުތަކެއް ވެސް ހިމަނާފައިވެއެވެ.

އެގޮތުން މަދުވެގެން އޭއެފްސީ ފުޓްސަލް ލެވަލް 2 ގެ ކޯޗިން ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއިއެކު ރާއްޖޭގެ ކްލަބް ލެވަލްގެ އިތުރުން ގައުމީ ލެވަލްގައި އެންމެ މަތީ ފަންތީގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރުން ޝަރުތުތްކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން މިމަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މި މަހު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެޕްލިކޭޝަން ހުށަހެޅުމަށް، [email protected] މެއިލް ކުރަން އެފްއޭއެމް އިން އެެދިފައިވެ އެވެ.

މިދިޔަ އަހަރުތަކުގައި ގައުމީ ފުޓްސަލް ޓީމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށްފައި ވަނީ، ކޯޗު އަބްދުﷲ ނަސީރު (އަބޯ)ގެ އިރުޝާދުގެ ދަށުންނެވެ. އަދި އެފްއޭއެމް އިން ފުޓްސަލް ކޯޗަކު ހޯދަން ކުރި އިއުލާނުގައި، ކޯޗަށް ދޭނެ ކޮންޓްރެކްޓްގެ މުއްދަތު ހިމަނައިފައިނުވެ އެވެ.

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖެ ވާދަކުރަން ޖެހިފައިވަނީ، މިޔަންމާ އާއި އަފްގާނިސްތާނާ އެއް ގްރޫޕެއްގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް