ޕާކިސްތާނުގެ ލާހޫރުގައި އޮންނަ އެއާޕޯޓެއް... ފޮޓޯ އެފްޓީ
ހަބަރު
09 Aug 2025 | 15:12
ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ބޮޑު ގެއްލުމެއް

ޕާކިސްތާނާއި އިންޑިއާ އާ ދެޤައުމުގެ ދެމެދުގައި މިއަހަރުގެ މެއިމަހު ހިނގާދިޔަ ކުރިމަތިލުންތަކާ ގުޅިގެން ވައިގެ ސަރަހައްދު ބަންދުކުރުމުން ޕާކިސްތާނަށް 4 ބިލިއަނަށް ވުރެ ގިނަ ރުފީގެ ގެއްލުން ލިބިއްޖެއެވެ.

ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ އޭޕްރިލްމަހު ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ސަރަހައްދަށް ހަނގުރާމަވެރި ޖަމާއަތަކުންދިން ހަމަލާތަކާ ގުޅިގެން ހިނގާދިޔަ ކަންތައްތަކުގައި ވައިގެ ސަރަހައްދު ބަންދުކުރުމުން ލިބެމުންއައި އާމްދަނީގެ ބޮޑުބައެއް ގެއްލިފައިވާކަމަށެވެ. އެގޮތުން އޭޕްރިލްމަހުގެ 24 ހުން ފެށިގެން ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ލިބުނު ގެއްލުން 4.1 ބިލިއަން ރުޕީ ނުވަތަ 14 މިލިއަން ޑޮލަރަށްވުރެ ބޮޑުކަމަށް ޕާކިސްތާނުގެ އެއާޕޯޓްސް އޮތޯރިޓީން ބުނެފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޕާކިސްތާނުގެ މީޑިއާއިން ބުނެފައިވަނީ ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް ޤައުމުގެ ސިޔާދަތާ މިނިވަންކަމުގެ ހައްޤުގައި އަޅާ މިފަދަ ފިޔަވަޅުތަކުގެ އަގު މާބޮޑުވާނޭކަމަށެވެ. 

2019 ވަނަ އަހަރު ޕާކިސްތާނާ އިންޑިއާ ދެޤައުމުގެ ދެމެދުގައި ހިނގާދިޔަ ކަންތައްތަކަށްފަހު ދެ ޤައުމުގެ ވައިގެ ސަރަހައްދު އެއްބަޔަކު އަނެއް ބަޔަކަށް ބޭނުންކުރުން މަނާކުރިއެވެ. އެފަހަރުވެސް ޕާކިސްތާނަށް 7.6 ބިލިއަން ރުޕީސްގެ ގެއްލުން ލިބުނެވެ.

މެއިމަހު އިންޑިއާ އާއި ޕާކިސްތާން ދެ ޤައުމުން ވަނީ ވައިގެ ހަަމަލާތައް ބަދަލުކޮށްފައެވެ. މެއިމަހުގެ 8 ވަނަ ދުވަހު ދެ ޤައުމުން ފެށި ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވަނީ 11 ވަނަ ދުވަހެވެ. މި ހަމަލާތަކުގައި ދެ ޤައުމުންވެސް ވަނީ ޑްރޯން އަދި ފައިޓަރޖެޓް ބޭނުންކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް