ޝަމްހާ އަހުމަދު
ކުޅިވަރު
10 Aug 2025 | 12:51
ރާއްޖޭގެ އަންހެން 10,000 މީޓަރުގެ ރެކޯޑު ވެސް ޝަމްހާއަށް

ޖަރުމަނުގެ ހެމްބާގުގައި ކުރިއަށްދިޔަ، ނައިޓް އޮފް ދި ޓެންސް 2025ގައި ވާދަކޮށް ޝަމްހާ އަހުމަދު، 10,000 މީޓަރު ދުވުމުގެ އަންހެން ގައުމީ ރެކޯޑް އާ ކޮށްފި އެވެ.

އުމުރުން 43 އަހަރުގެ ޝަމްހާ، މި ރެކޯޑް އައުކުރީ 40 މިިނިޓް 41.83 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. ކުރިން މި އިވެންޓްގެ ރެކޯޑް އޮތީ، މަރިޔަމް އަބްދުލް ކަރީމް (މަރީ) އަތުގަ އެވެ. މަރީ މި ރެކޯޑް ހަދާފައިވަނީ މީގެ ހަ އަހަރު ކުރިން، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި ކުރިއަށްދިޔަ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައެވެ. ސައުތު އޭޝިއަން ގޭމްސްގައި މަރީ އެ ރެކޯޑް ހެދީ، 42 މިނިޓް 08.62 ސިކުންތުން ދުވެގެންނެވެ.

ޝަމްހާ ވަނީ މިދިޔަ އަހަރު، ރާއްޖޭގެ އަންހެނުންގެ 5000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް، އެއްމަސް ދުވަސް ތެރޭ ދެ ވަނަ ފަހަރަށް މުގުރާލައިފަ އެވެ. މިދިޔަ އަހަރު އޭޕްރީލް މަހު، 18 ވަނަ ދުވަހު، ޖަރުމަނުގެ ގްރޭފާތުގެ ރެއިލްވޭ އޯޕަންގައި ވާދަކޮށް، ޝަމްހާ، 5000 މީޓަރުގެ ރޭސް ނިންމާފައިވަނީ 19 މިނިޓް، 42.45 ސިކުންތުންނެވެ. އޭގެ ދެ ހަފްތާއެއްހާ ދުވަސް ފަހުން، ޖަރުމަންގެ ވަސެންބަގްގައި ކުރިޔަށްދިޔަ ލޯންގް ޑިސްޓެންސް ޗެންޕިއަންޝިޕްގައި ވާދަކޮށް ޝަމްހާ ވަނީ އެ ރެކޯޑް އަނެއްކާ ވެސް އައު ކޮށްފަ އެވެ. ޝަމްހާ، މި ފަހަރު ރެކޯޑް ހެދި ޓައިމިން އަކީ، 19 މިނިޓް، 41.86 ސިކުންތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.