N/A
N/A
ހަބަރު 05 Jun 2019 | 14:09

ލަންކާގެ ރެޒިޑެންޓް ވިސާއަށް އެދޭއިރު މެޑިކަލް ރިޕޯޓެއް މިހާރު ބޭނުންވާނެ

އަވަށްޓެރި ސްރީލަންކާގެ ރެޒިޑެންޓް ވިސާއަށް އެދޭ އިރުގައި މެޑިކަލް ރިޕޯޓެއް ހުށައަޅަންޖެހޭ ގޮތަށް އެގައުމުގެ އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

ލަންކާގެ އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 3ވަނަ ދުވަހުން ފެށިގެން ހުރިހާ ބާވަތެއްގެ ރެޒިޑެންޓް ވިސާއަށް އެދޭއިރު ލަންކާގެ މިނިސްޓްރީ އޮފް ހެލްތުން އެކުލަވާލާފައިވާ ހެލްތު ޕްރޮޓެކްޝަން ޕްލޭނަށް އެންމެހައި ފަރާތްތަކުންވެސް ތަބާވާންޖެހޭނެކަމަށެވެ.

ވިސާއަށް ހުށައަޅާ އިރު، މެޑިކަލް ރިޕޯޓެއް ހެއްދުންވެސް ހިމެނެނީ މިޕްލޭންގެ ދަށުންނެވެ. މިޕްލޭންގެ ދަށުން ކަނޑައެޅިފައިވާ ސިއްހީ ޚިދުމަތްތަކެެއް ލަންކާގެ ސަރުކާރުގެ ބައެއް ހޮސްޕިޓަލްތަކުން ހިލޭވެސް ލިބޭނެއެވެ.

މިއާ އުސޫލުގެ ދަށުން މެޑިކަލް ރިޕޯޓުތައް ހުށައަޅަން ނުޖެހޭ ފަރާތްތަކެއްވެއެވެ. އެއީ ޑިޕްލޮމެޓިކް ވިސާ އޮންނަ ފަރާތްތަކާއި، ސްރީ ލަންކާގެ މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒްގެ ދަށުން މަސައްކަތް ކުރާ އދ.ގެ އެކި މަންދޫބުންނާއި ބައިނަލްއަޤުވާމީ ބައެއް ޖަމާޢަތްތައް ކަމަށްވާ އުސައިޑާއި، ޖައިކާއާއި، ކޮއިކާގެ އިތުރުން ޔޫއެސް ޕީސް ކޮރޕްސްގައި ޙަރަކާތްތެރިވާ އެޖަމާޢަތްތަކުގެ މީހުންނާއި ސްރީ ލަންކާ ސަރުކާރުގެ މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކާއި އޭޖެންސީތަކާއި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ މީހުންނާއި ސަރުކާރަށް ކޮންސަލްޓެންސީގެ ޚިދުމަތް ދެމުންގެންދާ މީހުންނެވެ.

މެޑިކަލް ރިޕޯޓެއް ހެއްދުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ޚާއްސަ އޮންލައިން ޕޯޓަލެެއް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ތަޢާރަފްކޮށްފައެވެ. މި އުސޫލު އަލަށް ވިސާ ހައްދާ ފަރާތްތަކަށާއި، ވިސާގެ މުއްދަތު އިތުރުކުރާ ފަރާތްތަކުގެ މައްޗަށްވެސް ހިނގާނެއެވެ.

މި އުސޫލު ތަންފީޒުކުރާނެކަން ވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައި ހާމަކޮށްފައެެވެ. ވިސާއަށް އެދޭ ވަގުތުގައި މެޑިކަލް ރިޕޯޓެއް އޮތުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުރާ ކަމެކެވެ. އެގޮތުން މިއީ ރާއްޖޭގައިވެސް ކުރާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި
22 Oct 2026 ހަބަރު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޯލްޑިވިއަންއިން ޕާކިސްތާނަށް ސީދާ ދަތުރުތައް ފަށަނީ، ކަނޑުމަގުން ސީދާ ދަތުރުތައް ވެސް ފަށަނީ
22 Oct 2026 ހަބަރު

މޯލްޑިވިއަންއިން ޕާކިސްތާނަށް ސީދާ ދަތުރުތައް ފަށަނީ، ކަނޑުމަގުން ސީދާ ދަތުރުތައް ވެސް ފަށަނީ

ދެ ގައުމުން ގުޅިގެން އިގްތިސާދީ ނަފާ ހޯދޭނެ ކަމުގައި ވިދާޅުވި އެވެ.

އައްޑޫ އެއާޕޯޓުގެ އާމްދަނީ 61 މިލިއަނަށް އަރައި، ގެއްލުން 10 މިލިއަން ކުޑަކޮށްފި
22 Oct 2026 ހަބަރު

އައްޑޫ އެއާޕޯޓުގެ އާމްދަނީ 61 މިލިއަނަށް އަރައި، ގެއްލުން 10 މިލިއަން ކުޑަކޮށްފި

މިދިޔަ އަހަރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) ގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބި، އެ ކުންފުންޏަށް ލިބެމުންދިޔަ ގެއްލުމުގެ މިންވަރުން 10 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ

ކަނޑާއި ވައިގެ މަގުން ޕާކިސްތާނާ ދިވެހިރާއްޖެ ގުޅުވާލަންޖެހޭ: ޝެހްބާޒް
22 Oct 2026 ހަބަރު

ކަނޑާއި ވައިގެ މަގުން ޕާކިސްތާނާ ދިވެހިރާއްޖެ ގުޅުވާލަންޖެހޭ: ޝެހްބާޒް

އިއްޔެ ދެއްވި ގުޅިފައިވާ ބަޔާނުގައި ވަނީ ކުރިއަށްއޮތް ދެ އަހަރުދުވަހުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ މުޢާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ. ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ދެޤައުމުގެ މެދުގައި ކުރުމަށް ކަނޑައަޅާފައިވާ އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ކުރިން މުހިންމު ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭ ކަމަށާއި، ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލްވެވޭނީ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމަކުން ގުޅިގެން ކަމަށެވެ.

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މައްސަލާގައި ޑެތް ހައްޔަރުކޮށްފި
22 Oct 2026 ހަބަރު

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މައްސަލާގައި ޑެތް ހައްޔަރުކޮށްފި

އޭނާ މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއް ހޯދައިގެންނެވެ.

ޤަވާއިދާ އެއްގޮތަށް އަގު ޖަހާފައި ނުވާތީ، 17 ފިހާރައަކަށް އިޞްލާޙީ ނޯޓިސް
22 Oct 2026 ހަބަރު

ޤަވާއިދާ އެއްގޮތަށް އަގު ޖަހާފައި ނުވާތީ، 17 ފިހާރައަކަށް އިޞްލާޙީ ނޯޓިސް

މާލެ ސަރަޙައްދުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ޖަހާފައި ހުރިތޯ ބެލުމަށް މިދިޔަ ހަފުތާގެ ތެރޭގައި ކުރިއަށްގެންދިޔަ ޚާއްޞަ އިންސްޕެކްޝަނެއްގައި، އަގު ނުޖަހައި ހުރި 17 ފިހާރައަކަށް އިޞްލާޙުވުމަށް އަންގައި ނޯޓިސް ދީފިއެވެ.

މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ދަށަށް
22 Oct 2026 ހަބަރު

މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ދަށަށް

މާލެއާއި އަތޮޅުތަކުގައި ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގުތައް މިދިޔަ އޮގަސްޓް މަހު ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އަލައްބާރަށް ފުރައްސާރަކުރުމުން ގެއްލުންވާނީ ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް: ރައީސް ނަޝީދު
22 Oct 2026 ހަބަރު

އަލައްބާރަށް ފުރައްސާރަކުރުމުން ގެއްލުންވާނީ ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް: ރައީސް ނަޝީދު

ރަސްމާލެ ތަރައްގީކުރުމަށް ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ހަވާލުކުރި މައްސަލައިގައި، އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް އަމާޒުކޮށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.