އަޝްފާއާ އޭނާގެ ދަރިފުޅު: އަލްސަން ވަކިވިތާ މިއަދަށް މަހެއް ވަނީ ވެފައި --
ރިޕޯޓް
13 Aug 2025 | 15:37
އަލްގެ ވަކިވުމަށް މަހެއް؛ ދަރިފުޅާ އެކު ސުވަރުގޭގާ ވުމަށްޓަކާ ތާއަބަދު ގަދައަޅާ މަސައްކަތް ކުރާނަން

މީގެ އެއްމަސް ދުވަސް ކުރީން ޖުލައި 13 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ގައި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީއާ މަރިޔަމް އަޝްފާގެ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު (އަލް) ވަނީ ނިޔާވެފަ އެވެ. 

އަލްގެ ވަކިވުމަށް މަހެއް ވީ އެވެ. ދަރިފުޅުގެ ހަނދާންތައް އައުކޮށް އަޝްފާ ވަނީ އަސަރުގަދަ ޕޯސްޓެއް ކޮށްފަަ އެވެ. އަޝްފާގެ ޕޯސްޓް ފަށާފައި ވަނީ "އަލްސަން ދަރިފުޅާ..." އޭ ގޮވާލަމުންނެވެ.

".. ދަރިފުޅު ވަކިވެ ދިޔަތާ މިއަދަކީ އެއްމަސް ފުރިހަމަ ވީދުވަސް. މިއީ މަންމަޔާ ބައްޕައަށް އުފުލޭ ވަރަށްވުރެ މާ ހައިބަ ބޮޑު ހިތްދަތިކަމެއް," ޕޯސްޓް ފަށަމުން ލިޔެފައިވެ އެވެ.

"މަންމަޔާ ބައްޕަގެ ހިތާމަތަކާ ރިހުންތަކަށް ކިރިޔާވެސް ލުޔެއް ލިބިގެންމިދަނީ اللہ سبحانہ وتعالیއާއި ދަރިފުޅު ދެކެ ވާލޯބީގެ ހައްގުގާ މިކުރާ ނަމާދާއި ދުޢާޔާ ޒިކުރުތަކާ ކީރިތި އާޔަތްތަކުގެ އެހީއާއި މަދަދުންކަން އިހްސާސްކުރެވޭ,"

އަލްސަން އޭނާގެ ބައްޕައާ މަންމައާ އެކު 

އަޝްފާގެ ޕޯސްޓަްގައި މަންމަޔާ ބައްޕަ އަދި ދެފަރާތުގެ މުޅި އާއިލާވެސް އަލްސަން ދެކެ އިންތިހާ ލޯބިވޭ ކަމަށް ބަޔާން ކޮށްފައިވެ އެވެ. އަދި އެންމެ ގާތްކުދިންނާ އެކުވެރިންނާ އެކުދިންގެ މަންމަމެން ބައްޕަމެން ވެސް އަލްސަން ދެކެ ހަމައެހާ ލޯބިވާ ކަމަށް ބަޔާން ކޮށްފައިވެ އެވެ.

".. އެ ހުރިހާ ހިތްތަކެއްގާ ދަރިފުޅަށްޓަކާ ޚާއްސަ ޖާގައެއްވާކަން ދަރިފުޅުގެ ވަދާޢީ ވަގުތުކޮޅުގަ ވެސް ފެނިގެންދިޔަ. އިޙްސާސް ކުރެވިގެންދިޔަ,"

އޭގެ ފަހުން އަޝްފާ ބުނެފައިވަނީ މި ހިތްދަތި ވަގުތު ހިތަށް ކިރިޔާވެސް ހަމަޖެހުން ލިބިގެންދިޔަ މަންޒަރެވެ. އެއީ އަލްސަންގެ ޖަނާަޒާގައި އެތައް ހާސް ބަޔަކު ބައިވެރިވުމެވެ. އެކަމާ ޝުކުރުވެރިވާ ކަމުގައި ލިޔެފައިވެ އެވެ.

"އެވަރުގެ ޖަނާޒާއަކާ އެވަރުގެ ކަށުނަމާދެއް ދަރިފުޅަށް މިންވަރުކޮށްދެއްވި ކަމަށްޓަކާ اللہ سبحانہ وتعالیގެ ޙަޟްރަތައް ޙަމްދާ ޝުކުރު ކުރަން"

އަލްސަންއާ އަޝްފާ: އަލްސަން ވަކިވިތާ މިވީ މަހެއް

އަލްސަންގެ ބައްޕަ, އަބްދުލްޣަނީއަށް ޓެގްކޮށް ލިޔެފައިވާ އެ ޕޯސްޓްގައި އަޝްފާ ފާޅުކޮށްފައިވަނީ އެ ދެ މީހުންގެ ޝުރޫއުތަކެވެ. އަޝްފާ ލިޔެފައިވާ ގޮތުގައި އަލްސަން އަކީ އޭނާއާ ތޭރަގެ މުޅި ދުނިޔެ އެވެ. އެ ލޯތަކުން ކަރުނަފޫދެނީ އަލްސަން ދެކެވާ އިންތިހާ ދަރަޖައިގެ ލޯތްބަށްޓަކާ އެވެ.

އެ ދެ މީހުންގެ ނޭވާތައް ހިނގަނީ އެ ދަރިފުޅަށްޓަކަ އެވެ. އަދި ނިތްތައް ތިރިވަނީ އެ ހައްގުގާ  ކަމަށެވެ. ހަމައެކަނި އެ ދަރިފުޅަށްޓަކާ ކަމަށެވެ.

"މި އަތްތައް އުފުލެނީ ދަރިފުޅަށްޓަކާ، މި ދޫތައް ޙަރަކާތްތެރިވަނީ ދަރިފުޅުގެ އާޚިރަތް ބާއްޖަވެރި ވުމަށްޓަކާ. ދަރިފުޅަކީ މަންމަޔާ ބައްޕަޔަށް اللہ سبحانہ وتعالی ދެއްވި އަމާނާތެއް. އަނބުރާ ގެންދެވިފާ ތިޔަވަނީ އެކަލާނގެ ޙަޟްރަތަށް. އެކަލާނގެ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވޭ," މާތްރަސްކަލާންގެ ނިންމެވުމަށް ޝުކުރުކުރާ ހާލު އަޝްފާގެ ޕޯސްޓްގައި ބަޔާން ކޮށްފައިވެ އެވެ.

ޕޯސްޓް ނިންމާލާފައި ވަނީ އަލްސަންގެ މަންމައާ ބައްޕަގެ ދު އާއަކީ ބަރުޒަޚްގެ އާލަމަކީ އެ ދަރިފުޅަށް ރައްކާތެރި އަމާން ތަނަވަސް، ފިނިކަމާ އަލިކަން ލިބިގެންވާ ތަނެއް ކަމުގާވުމަށް އެދި ދުއާ ކުރަމުންނެވެ. އަދި އެ ދަރިފުޅުގެ އެންމެހާ ކުށް ފާފަތައް ފުއްސަވާދެއްވާ ސުވަރުގޭގެ ދާއިމީ ރަޙްމަތާ ނިޢުމަތުގާ ލެއްވުމާއި އެދި އެވެ. އަދި އެ ދަރިފުޅާ އެކު ސުވަރުގޭގާ ވުމަށްޓަކާ ދަނީ ތާއަބަދު ގަދައަޅާ މަސައްކަތް ކުރަމުން ކަމަށް ބަޔާން ކޮށްފައިވެ އެވެ.

".. ވަރަށް ވަރަށް ވަރަށް ލޯބިވޭ އަލްސަން ދަރިފުޅާ," ރަތް ހިތަކާއެކު އަޝްފާގެ ޕޯސްޓް ނިންމާލާފައިވަނީ ދަރިފުޅަށް ރަހްމަތް ލެއްވުން އެދިއަރަބި ބަހުން ލިޔެފައިވާ ލިޔުންކޮޅަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.