ޣައްޒާގެ ހިސޯރު ނައްތާލަން ގޮވާލާ ދިވެހީންގެ ބޮޑު އެއްވުމެއް -- ފޮޓޯ: ވޮއިސް
ހަބަރު
15 Aug 2025 | 19:08
ޣައްޒާގެ ހިސޯރު ނައްތާލަން ގޮވާލާ ދިވެހީންގެ ބޮޑު އެއްވުމެއް

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ހައްޤުގައި ތެދުވެ ދިވެހީން ބޮޑު އެއްވުމެއް މިއަދު ބާއްވައިފި އެވެ.

ފަލަސްތީނުގެ ދިިފާއުގައި މުޅި ދުނިޔޭގައިވެސް އެންމެ ހަރު އަޑަކީ ދިވެހީންގެ އަޑެވެ. އެ ގޮތުން ދިވެހީން މިއަދު ވަނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު އެއްވުމެއް ކުރިއަށް ގެންގޮސް ފަލަސްތީނުގެ ހައްގުގައި އަޑުއުފުލާފަ އެވެ.

މިއީ ސުލްހައަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ އެކްޓިވިސްޓުންގެ ޖަމާއަތެއްކަމަށްވާ "ގްލޯބަލް ސުމޫދް ފްލޮޓިއްލާ" ހަރަކާތުގެ ދަށުން ކުރިއަށްގެންދިޔަ އެއްވުމެވެ.

ޣައްޒާގެ ހިސޯރު ނައްތާލަން ގޮވާލާ ދިވެހީންގެ ބޮޑު އެއްވުމެއް -- ފޮޓޯ: ވޮއިސް

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީ އިސްވެ އޮވެ، ރާއްޖޭގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި، މުއައްސަސާތަކާއި، ކުންފުނިތަކުގެ އިތުރުން އާއްމުން ބައިވެރިވާ ހާއްސަ ސްޓިރިއަރިން ކޮމިޓީއަކުން އިންތިޒާމު ކުރި މިއަދުގެ އެއްވުމުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި އެވެ. އެ މީހުން ތިބީ ފަލަސްތީނަށް ތާއީދު އޮތްކަން ދައްކައިދޭ ޓީސާޓް ލައިގެންނެވެ. އަދި ފަލަސްތީނުގެ ދިދަ އާއި އެ ގައުމުގެ ހައްގުގައި އެކި ޝުއޫރުތައް ލިޔެފައިވާ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެންނެވެ.

ރާއްޖޭގެ ވަރަށް ގިނަ ޓީވީ ޗެނެލްތަކުން ވަގުތުން ގެނެސް ދިން މި އެއްވުމުގައި ދީނީ އިލްމުވެރީންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިސް ބޭފުޅުންނާއި ފާހަގަކޮށްލެވޭ އެހެނިހެން ބޭފުޅުން ވަނީ ވާހަކަ ދައްކަވާފަ އެވެ.

ޣައްޒާގެ ހިސޯރު ނައްތާލަން ގޮވާލާ ދިވެހީންގެ ބޮޑު އެއްވުމެއް -- ފޮޓޯ: ވޮއިސް

މިއަދުގެ މި އެއްވުން ކުރިއަށްދިޔަ ވަގުތު އަތޮޅުތެރޭގެ އެެކި ރަށްރަށުގައިވެސް ވަނީ އެއްވުންތައް ކުރިއަށް ގެންގޮސްފަ އެވެ.

އިސްރާއީލްގެ އިސްތިއުމާރީ ސިފައިން ޢައްޒާ ހިސޯރުކޮށް އިންސާނިއްޔަތާ ހިލާފަށް ހިންގަމުންގެންދާ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަގްވާމީ 44 ޤައުމެއް ގުޅިގެން ފަށާފައިވާ "ގްލޯބަލް ސުމޫދް ފްލޮޓިއްލާ" ހަރަކާތުގެ ދަށުން ރާއްޖޭގައި މީގެ ކުރިންވެސް ބައެއް ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މީގެ ތެރޭގައި މިފަހުން މޫދު އަޑީގައި ޑައިވަރުން ހިންގި ހަރަކާތް ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.
27 Sep 2026
"މުސްތަޤުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް"
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރު އެ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.