ކުޑަހުވަދޫ ކައިރީ އޮންނަ ވައްލަ.
ހަބަރު
16 Aug 2025 | 12:51
ކުޑަހުވަދޫގެ އެންޖީއޯ، "ޕްރޮޖެކްޓް އަށްކަން" ގެ ފަރާތުން ވައްލަ ކިޔާ ފަޅުރަށް ސާފްކުރުމުގެ މަސައްކަތް ފަށައިފި

ކުޑަހުވަދޫގެ އެންޖީއޯއެއް ކަމަށްވާ "ޕްރޮޖެކްޓް އަށްކަން" ގެ ފަރާތުން އެރަށް ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ ވައްލަ ސާފްކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ޕްރޮޖެކްޓް އަށްކަންގެ ފަރާތުން ވައްލަ ސާފްކުރުމުގެ މަސައްކަތް ފަށާފައިވަނީ، މިއަދު ހެނދުނުން ފެށިގެންނެވެ. ވައްލަ ސާފްކުރުމުގެ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް އަށްކަންގެ ފަރާތުން ނިންމީ އެރަށުގައި ކުނިބުނި ގިނަވުމުގެ ސަބަބުން އެކަމުން އެރަށުގެ ވެށި ރައްކާތެރިކުރުމަށެވެ.

ވައްލަ ސާފްކުރުމުގެ މަސައްކަތަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ފަރާތްތަކެއްގެ ތަރުހީބު ލިބިގެންދިޔައިރު، ޕްރޮޖެކްޓް އަށްކަންގެ ފަރާތުން ވަނީ މިދިޔަ ޖުލައިމަހުވެސް އެރަށް ސާފްކުރުމުގެ މަސައްކަތް ކުރިއަށްގެންދަން އުޅެފައެވެ. ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން އެކަން ފަސްކުރަން ޖެހުނީކަމަށް އެ އެންޖީއޯއިން ބުނެއެވެ.ވަ

ވައްލަ ސާފްކުރުމުގެ ހަރަކާތް ފެށުމަށް ތައްޔާރުވުމުގެ ތެރެއިން..

ވައްލަ ސާފްކުރުމުގެ މަސައްކަތުގައި މިއަދު ކުޑަހުވަދޫ ރައްޔިތުންގެ އިތުރުން އެރަށުގައި ހުންނަ ފުލުހުންގެ ޔުނިޓުންނާއި، އެމްއެންޑީއެފްގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާއި ކައިރީ ރިސޯޓްތަކުން ބައިވެރިވިއެވެ.

ވައްލައަކީ ކުދަހުވަދޫ ކައިރީ އޮންނަ ކުޑަ ރަށެކެވެ. އެރަށަކީ ހިތްފަސޭހަ ރަށެއްކަމުން ކުޑަހުވަދޫ މީހުން އާއްމު ގޮތެއްގައި ދަތުރުދިއުންފަދަ ކަންކަމަށް އާއްމު ގޮތެއްގައި އެރަށް ބޭނުންކޮށް އުޅެއެވެ. ކުޑަހުވަދޫ ކައުންސިލުން ވަނީ އެރަށް ކުޑަހުވަދޫގެ އިހްތިސާސް ތެރޭގައި ހިމެނުމަށްއެދި ސަރުކާރަށްވެސް ދަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.
27 Sep 2026
"މުސްތަޤުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް"
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރު އެ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.
27 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސް އޮފީހުން ބުނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެހެންކަމުން ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން