ޔޫތު އެޑްވައިޒަރީ ބޯޑުން މާހިލް އިސްތިއުފާ ދީފި --
ހަބަރު
17 Aug 2025 | 16:39
ޔޫތު އެޑްވައިޒަރީ ބޯޑުން މާހިލް އިސްތިއުފާ ދީފި

ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާ ޔޫތު އެޑްވައިޒަރީ ބޯޑުން އަބްދުالله މާހިލް ޝަހީމް އިސްތިއުފާ ދީފި އެވެ.

މާހިލް އަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ދަރިކަލުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދީފައިވާކަން ހާމަކޮށް މިއަދު ވަނީ ރައީސަށް ސިޓީ ފޮނުވާފަ އެވެ.

ޔޫތު އެޑްވައިޒަރީ ބޯޑުން މާހިލް އިސްތިއުފާ ދީފައި ވަނީ މެލޭޝިޔާ އިން އޭނާ ރާއްޖެ އައިތަނުން ހުއްޓުވާ ބަލާ ފާސްކުރިއިރު ގައިގައި ބަނދެގެން ވޭޕްގެ ސާމާނު އެތެރެކުރި ކަމަށް ބުނެ ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައި ވަނިކޮށެވެ. އެތަކެތި އެތެރެކުރީ ގައިގައި ބަނދެގެންނާއި ލަގެޖްގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން 118 ވޭޕް ސްޓިކް މާހިލް އެތެރެކުރަން އުޅުނެވެ. އަދި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އިން އޭނާ ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

އެ ވާހަކަތަކާއި ގުޅޭގޮތުން މިނިސްޓަރު ޝަހީމް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. ވިދާޅުވީ ގައިގައި ބަނދެގެން ވޭޕް ސާމާނުތަކެއް އެތެރެކުރި ކަމަށް ބުނެ ހަގީގަތާއި ހިލާފު ވާހަކަތަކެއް ފެތުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އޭނާގެ ދަރިފުޅު މާހިލް އަކީ މެލޭޝިޔާގެ އެމްބަސީގައި ވަޒީފާގައި ހުރި މީހެއް ނޫން ކަަމަށްވެސް ވިދާޅުވި އެވެ.

"ހަބަރުތައް ރަނގަޅު ކުރުން އެދެން," ގޯސްކޮށް ލިޔެފައިވާ ހަބަރުތައް އިސްލާހު ކުރުމަށް އެދި މިނިސްޓަރު ޝަހީމް ލިޔުއްވާފައިވެ އެވެ.

މިނިސްޓަރު ޝަހީމް ދޮގުކުރި ރިޕޯޓްގައި ބުނާ ގޮތުން މާހިލް ހުރީ އެމްބަސީގެ ވަޒީފާއެއްގަ އެވެ. މުސާރައާ އެލަވަންސްތަކާއެކު ލައްކައެއްހާ ރުފިޔާ ލިބޭ ކަަމަށެވެ. ނަމަވެސް މިނިސްޓަރު ޝަހީމް ކުރީން ވެސް ވަނީ އެ ވާހަކަ ދޮގު ކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.
27 Sep 2026
"މުސްތަޤުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް"
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރު އެ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.
27 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސް އޮފީހުން ބުނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެހެންކަމުން ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.