ރަސްމާލޭގެ ހިއްކާފައި އޮތް ސަރަހައްދެއް... ފޮޓޯ: ވޮއިސް
ހަބަރު
18 Aug 2025 | 08:32
އިތުރު ކުންފުންޏަކުން ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހަފްތާ ފަށަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ ރަސްމާލެ ހިއްކުން އަވަސްކުރުމުގެ ގޮތުން އިތުރުން ކުންފުންޏަކުން އެ މަޝްރޫޢުގެ ބިން ހިއްކުމުެގ މަސައްކަތް މި ހަފްތާގެ ތެރޭގައި ފަށާނޭކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން މިއަދު ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ނޫސްވެރިންނަށް ދައްކާލައި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެޗްޑީސީން ބުނީ ރަސްމާލެ ހިއްކުން އަވަސްކުރުމުގެ ގޮތުން އިތުރު ޕާޓިއެއް ރާއްޖެ ގެނެސްފައިވާަކަމަށާއި، ހިއްކުމަށް ގެނައި ބޯޓު މިހާރު އޮތީ ކަސްޓަމްސްއިން ކްލިއާ ކުރުމުގެ މަރުހަލާގައިކަމަށެވެ. އެގޮތުން ކްލިއާވުމަށްފަހު މިހަފްތާގެ ތެރޭގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށާނޭކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެކުންފުނިން 264 ހެކްތަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް މިހާތަނަށް ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު، މޯހަން މުތާ އެކްސްޕޯރޓްސް ޕްރައިވެޓް ލިމިޑެޑާ ހަވާލުކޮށްފައިވަނީ ސައިޓް D,F,G,L ގައި ހިމެނޭ ޖުމްލަ 378 ހެކްޓަރުގެ ބިން ހިއްކުމަށެވެ. އޭގެ ތެރެއިން އެކުންފުންޏަށް މިހާތަނަށް ހިއްކުނީ 100 ހެކްޓަރެވެ. އެއީ އެފަރާތުން ހިއްކަންޖެހޭ ބިމުގެ 25 އިންސައްތައެވެ. 

ރަސްމާލޭގެ ހިއްކާފައި އޮތް ސަރަހައްދެއް... ފޮޓޯ: ވޮއިސް

ރަސްމާލެ ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ސީއެމްސީ ކުންފުނިންނެވެ. އެކުންފުންޏަށް ހިއްކުނީ 29 ހެކްޓަރެވެ. މީގެ ތެރެއިން 10 ހެކްޓަރު ހިއްކާފައިވަނީ ރައްޔިތުންގެ ކުންފުނި އެމްޓީސީސީންނެވެ.

ރަސްމާލެ ހިއްކަނީ ތިމާވެއްޓާ ވީހާވެސް ރައްކާތެރިގޮތަށްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެގޮތުްނ ރަސްމާލެ ހިއްކަމުންދާ ސަރަހައްދުގައި ހުންނަ މުރަކަތައް ނަގައި އެހެން ސަރަހައްދުތަކުގައި އިންދުމުގެ މަސައްކަތް ކުރަމުންދާއިރު އެގޮތަށް 21،700 އެހާ މުރަކަ އެގޮތަށް ނަގައި އެކި ހިސާބުތަކުގައި އާލާކުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ.

ރަސްމާލޭގެ ހިއްކާފައި އޮތް ސަރަހައްދެއް... ފޮޓޯ: ވޮއިސް

ރަސްމާލެ ހިއްކަނީ ހުޅުމާލެއަށްވުރެ ބިންގަނޑު އުސްކޮށެވެ. ހުޅުމާލެ ހިއްކާފައިވަނީ ކަނޑުގެ ލޮނުގަނޑަށްވުރެ 2 މީޓަރު އުސްކޮށް ކަމަށްވާއިރު، ރަސްމާލެ ހިއްކަނީ 2.5 މީޓަރު އުސްކޮށެވެ. އެޗްޑިސީން ބުނީ ކުރިއަށްއޮތް ތަނުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްވެގެންދާނޭކަމަށާއި އެގޮތުން އެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނޭކަމަށް ވަނީ ބުނެފައެވެ.

ރަސްމާލެ މަޝްރޫޢުގެ ދަށުން މިހާތަނަށް 130 ހަކަށް މީޓަރު ހިއްކާފައިވާއިރު، މިއީ އަދި މުޅި މަޝްރޫޢުގެ 12 ވަރަކަށް އިންސައްތައެވެ. ރަސްމާލެ ހިއްކައި ނިމޭއިރު ހުޅުމާލޭގެ ތިން ފިޔަވަހީގެ ތިންގުނަ ބޮޑުވާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އިއުލާނުކުރި އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން 1200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާ 11900 އަށްވުރެ ގިނަ ގޯއްޗާއި 26000 ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.
27 Sep 2026
"މުސްތަޤުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް"
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރު އެ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.
27 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސް އޮފީހުން ބުނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެހެންކަމުން ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.