އާއިލާއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް..
ހަބަރު
18 Aug 2025 | 23:31
ބެލެނިވެރިކަމުގެ ހުނަރުތައް ދަސްކޮށްދީގެން، މައިންބަފައިންނާއި ކުދިންގެ ގުޅުން ބަދަހިކުރެވި، އުފާވެރި އާއިލާތަކެއް ބިނާކުރެވިދާނެ: ވަޒީރު

ބެލެނިވެރިކަމުގެ ހުނަރުތައް ދަސްކޮށްދީގެން، މައިންބަފައިންނާއި ކުދިންގެ މެދުގައި ގުޅުން ބަދަހިކުރެވި، އުފާވެރި ޢާއިލާތަކެއް ބިނާކުރެވިދާނެކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވެފައިވަނީ، އެ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ 'ޕޭރެންޓް އެފެކްޓިވްނެސް ޓްރެއިނިން' ގެ ތަމްރީނަރުން ބިނާކުރުމުގެ (ޓީ.އޯ.ޓީ) ޕްރޮގްރާމު ފެއްޓެވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ބެލެނިވެރިކަމުގެ ހުނަރުތައް ދަސްކޮށްދޭނެ މީހުން ބިނާކުރުމަށް މިފަދަ ތަމްރީނު ޕްރޮގްރާމުތައް ހިންގުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ، ވަޒީރު ވިދާޅުވީ، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ހުށަހެޅޭ ޢާއިލީ މައްސަލަތަކަށް ބަލާއިރު ގިނައީ ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ކަމަށެވެ. އަދި އެ ޢާއިލާތަކުގައި ބެލެނިވެރިންނާއި ކުދިންގެ މެދުގައި ރަނގަޅު ގުޅުމެއް އުފައްދަންޖެހޭކަން ފާހަގަކުރެވޭ ކަމަށެވެ.

މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަ ގުޅުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެކަމަނާ ވިދާޅުވީ، މައިންބަފައިންގެ ފަރާތުން ދަރިންނަށް ދަސްވާ ކަންތައްތަކަކީ އެކުދިންގެ މުޅި ދިރިއުޅުން ބައްޓަންކުރާ މުހިންމު ކަންތައްތައް ކަމަށެވެ. ތުއްތުއިރު ކުއްޖާ ބަލަހައްޓާ ފަރާތްތަކާއެކު އުފެދޭ ގުޅުމުގެ ތެރެއިން، މުސްތަޤްބަލުގައި އެހެން މީހުންނާ ގުޅުން ބާއްވާނެ ގޮތްތަކާއި، ދިރިއުޅުން ބައްޓަންކުރާނެ ގޮތްތައް ދަސްކުރާކަމަށާ، އެ ކުދިން ބޮޑެތިވެ ޢާއިލާއެއް ފަށާ ހިސާބުން ނުވަތަ މަސައްކަތު މާޙައުލަށް ނިކުންނަ އިރުވެސް ތުއްތުއިރު ދަސްވެފައި ހުންނަ ކަންކަމުގެ ބޭނުން ހިފާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުދިންގެ ގައިގައި ރަނގަޅު އާދަތައް އަށަގަންނަވައިފިނަމަ، އެ ކުދިންނަކީ މުޖުތަމަޢަށް ބޭނުންތެރި ހަރުދަނާ ކުދިންނަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

'ޕޭރެންޓް އެފެކްޓިވްނެސް ޓްރެއިނިން' ފަދަ ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ނާޒުކު ހާލަތުގައި ތިބި އާއިލާތަކާއެކު ގާތުން މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުން ކަމަށާއި، މިފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރެއިން ޢާއިލާތަކާއެކު މަސައްކަތް ކުރަންވީ ގޮތްތައް ދަސްވެ، ހަރުދަނާ ބެލެނިވެރިކަމުގެ ހުނަރުތައް މައިންބަދައިންނަށް ދަސްކޮށްދޭންވީ ގޮތުގެ ވަރަށް ގިނަ މައުލޫމާތާއި ފަންނީ ހުނަރުތައް މުވައްޒަފުންނަށް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވި އެވެ.

އަދި އެ މައުލޫމާތުތަކުގެ އެހީގައި، ހަރުދަނާ ބެލެނިވެރިކަމުގެ ހުނަރުތައް މައިންބަފައިންނަށް ދަސްކޮށްދީގެން، ކުދިންނާއި ގާތް ގުޅުމެއް އުފައްދާ، ރަނގަޅުގޮތުގައި ކުދިންނާއި މުޢާމަލާތުކުރުމާއި، ކުދިން ތަރުބިއްޔަތުކުރުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދެވި، ހަރުދަނާ ކުދިންތަކެއް ބިނާކުރުމަށް އެހީތެރިކަން ލިބިގެންދާނެކަން ވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

ވަޒީރު ވިދާޅުވީ، ޢާއިލާތަކާއެކު މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލުކަން އިތުރުކޮށްގެން، ގާތުން މަސައްކަތްކުރަން ފެށުމަކީ، މައިންބަފައިންނާއި ދަރިންގެ މެދުގައި ދުޅަހެޔޮ ގުޅުންތައް ޤާއިމްކުރެވި، ޢާއިލީ މައްސަލަތައް ކުޑަކުރެވި، އުފާވެރި ޢާއިލާތަކެއް ބިނާކުރުމަށް ވަރަށް ބޮޑަށް ބާރުލިބިގެންދާނެކަމެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.
27 Sep 2026
"މުސްތަޤުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް"
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރު އެ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.
27 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސް އޮފީހުން ބުނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެހެންކަމުން ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.