މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅައި ހިންގަން އެމްއޭސީއެލާ ހަވާލުކުރުން... ފޮޓޯ: ރައީސް އޮފީސް
ހަބަރު
19 Aug 2025 | 23:29
އއ.މަތިވެރީ ފަޅުގައި އެއާޕޯޓް އަޅައި ހިންގަން އެމްއޭސީއެލާ ހަވާލުކޮށްފި

ފަތުރުވެރިކަން އެންމެބޮޑަށް ފުޅާވެފައިއޮތް އެއް ސަރަހައްދު ކަމަށްވާ އއ.މަތިވެރީ ފަޅުގައި އެއާޕޯޓެއް އަޅައި އެތަން ހިންގުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުން މަތިވެރީގައި ކުރިއަށްގެންދިޔައިރު، މިރޭ ވެވުނު އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ ޙުސައިން ޢިމްރާންއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް އެވެ.

މި އެއްބަސވްުމުގެ ދަށުން މަތިވެރީފަޅުން ބައެއް ހިއްކައި އެއާޕޯޓް އަޅައި އެތަން ހިންގުމުގެ ހުރިހާ ކަމެއް ކުރާނީ އެމްއޭސީއެލުންނެވެ. މި މަޝްރޫޢޫ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކްރޮސް ސަބްސިޑީގެ އުސޫލުންނެވެ.

މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅައި ހިންގަން އެމްއޭސީއެލާ ހަވާލުކުރުން... ފޮޓޯ: ރައީސް އޮފީސް

މަތިވެރީ ފަޅުގައި އެޅުމަށް ނިންމާފައިވަނީ 1500 މީޓަރ ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. 

މިކަމާ ގުޅޭގޮތުން މަތިވެރި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މަތިވެރީގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓަކީ އިގްތިސާދީގޮތުން ދެކޮޅު ޖެހޭނޭ އެއާޕޯޓެއްކަމަށެވެ. މި އެއާޕޯޓްގެ ސަބަބުން އިގްތިސާދީގޮތުން އެ ސަރަހައްދަށް ކުރިއެރުންތައް ލިބޭނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މަތިވެރީގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓް މަޝްރޫޢުއަށް ހަރަދުކުރާނީ އެމްއޭސީއެލުންނެވެ. ރައީސް ވިދާޅުވީ އުއްމީދަކީ 2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި އެއާޕޯޓްގެ މަސައްކަތް ނިންމާލުންކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ