އެމްއެމްއޭ އާ ދިމާލު ޖެޓީ ސަރަހައްދު.. ފޮޓޯ: ވޮއިސް
ހަބަރު
20 Aug 2025 | 14:27
އެމްއެމްއޭ ސަރަހައްދު ފަޅު، އުޅަނދުތަކަށް ބޭނުން ނުކުރެވޭގޮތަށް ބަންދުކޮށްފި

އެމްއެމްއޭ ކުރިމަތިން އޮންނަ ފަޅު، އުޅަނދުތަކަށް ބޭނުންނުކުރެވޭގޮތަށް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން ފެރީ ޓާމިނަލާ ހަމަޔަށް ތާރު އަޅައިގެން 4 ލޭނަށްވާގޮތަށް ބޭރުމަގު ތަރައްޤީކުރުމަށް ނިންމާފައިވާކަން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ، މިއަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައެވެ. އެ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ދަނީ ތައްޔާރުވަމުންނެވެ.

މިކަމާ ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަޙައްދުން ބައެއް ބަންދުކޮށް ޓްރެފިކް ރޫޓަށް ބަދަލު ގެނެސްފައިވާކަމަށެވެ. އަދި އެ ސަރަޙައްދުގެ ފަޅުވެސް އުޅަނދުތަކަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދު ކުރެވިފައިވާކަން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބް ވަނީ މި މަސައްކަތުގައި ޢާންމު ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

އެމްއެމްއޭ އަދި އެއްނަމްބަރު ފާލަން ސަރަަހައްދަކީ މާލެ އައިސް ގޮސްހަދާ ލޯންޗްފަހަރުތަކުން އާއްމުކޮށް ބޭނުންކުރާ ސަރަހައްދެވެ. އެ ސަރަހައްދު ބޭނުންކުރަނީ ލޯންޗްތަކުން މީހުން އަރާ ފޭބުމަށް އެންމެ ފަސޭހައީ އެސަރަހައްދު ކަމަށްވާތީއެވެ. އެ ސަރަހައްދުގެ ބަދަލުގައި، އެމްޓީސީސީން ވަނީ ލޯންޗްތަކަށް ހެންވޭރު ފެރީ ޓާމިނަލާއި، ހުޅުމާލޭ ފެރީ ޓާމިނަލް ބޭނުންކުރެވޭނޭ އިންތިޒާމް ވަކި އުސޫލެއްގެ ދަށުން ހަމަޖައްސައިދީފައެވެ.

އެމްއެމްއޭ ޖެޓީ ސަރަހައްދަކީ މާލެ އަރައި ފޭބުމަށް އެންމެގިނައިން ބޭނުންކުރާ ތަން... ފޮޓޯ: ވޮއިސް

މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ސަރަހައްދު 4 ލޭނު ހިމަނައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ އޭޕްރިލްމަހުއެވެ. 

އެމްޓީސީސީއާ މަސައްކަތް ހަވާލުކުރެއްވުމަށް ކުރިއަށްގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިމާރާތް ކުރުމާބެހޭ ވުޒާރާގެ ވަޒީރު މުއްތަލިބް އޭރު ވިދާޅުވެފައިވަނީ، ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުން ނޯތު ހާބަރާ ހަމަޔަށް ކުރިއަށްގެންދާނޭކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާނީ ލޯކަލް މާރުކެޓާ ހިސާބަށް ކަމަށާއި، މި މަސައްކަތް ކުރިއަށްގެންދަނީ ވަރަށް ރަނަގޅު ޕްލޭނެއްގެ ދަށުން ކަމަށެވެ. އެ ސަރަހައްދު ތަރައްޤީކުރާނީ ޓްރެފިކަށް ދަތި ނުވާނޭހެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެއްބަސްަވުމުގެ ދަށުން ހުޅުމާލެ ފެރީ ޓަރމިނަލުން ފެށިގެން ލޯކަލް މާރުކޭޓް ސަރަހައްދާ ހަމަޔަށް އޮންނަ 800 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާނެއެވެ. މަގު ފުޅާ ކުރާއިރު ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތާއި، ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ދުވާރުތައް ހެދުމާއި ރޯޑްމާކިން އަދި ސައިން ބޯޑުތައްވެސް ހަރުކުރެވިގެންދާނޭކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ވަނީ ބުނެފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144.5 މިލިއަން ރުފިޔާގެ އަގަކަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.
27 Sep 2026
"މުސްތަޤުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް"
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރު އެ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.
27 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސް އޮފީހުން ބުނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެހެންކަމުން ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.