އިލްމުވެރީންެގެ ގުޅުމުން ވަޒީރު ރާފިއުއާ ބައްދަލު ކުރެއްވުން
ހަބަރު
20 Aug 2025 | 15:09
އިލްމުވެރީންގެ ގުޅުމުން ކުޅިވަރާއިބެހޭ ވަޒީރުގެ އަރިހަށް، މުހިންމު މަޝްވަރާތަކެެއް

ޢިލްމުވެރިންގެ ގުޅުމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއާ ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް ކޮށްފި އެވެ.

ރާއްޖޭގެ ވަރަށް ގިނަ ދީނީ އިލްމުވެރީންގެ ބައިވެރިވުން އޮތް އިލްމުވެރީންގެ ގުޅުމުން ބުނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އޮތް މި ބައްދަލުވުމަކީ، ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހުރި ބައެއް ކަންކަމާ މެދު ދީނީ އިލްމުވެރިންގެ ހުރި ކަންބޮޑުވުންތަކާއި، ސަރުކާރުގެ ފަރާތުން ކުޅިވަރުގެ ދާއިރާގެ ކަންކަން އިސްލާމީ ގިއުގަނޑުގެ ތެރެއަށް ފެއްތުމަށް ޓަކައި ކުރެވެން ހުރި ކަންކަމާ މެދު މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ނަމާދު ގަޑިތަކާ ދިމާކޮށް ބޭއްވޭ ކުޅިވަރު މުބާރާތްތަކުގެ މައްސަލަ އާއި ދަން ގަޑިތަކުގައި ކުރިއަށް ގެންދެވޭ ކުޅިވަރު މުބާރާތްތަކުގެ ސަބަބުން ކިޔަވާކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އާންމުންނަށް ކުރިމަތިވާ ދަތިތަކާއި ހުކުރު ވަގުތަށް ކުޅިވަރު މައިދާންތައް ބަންދުކުރުމުގެ މުހިންމުކަމަން ފާހަގަކޮށް މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި ކުޅިވަރު މައިދާންތަކުގައި ވުޟޫކޮށް ނަމާދު ކުރެވޭނެ ގޮތްތައް ހެދުމާއި، އެތަންތަނުގައި ވެސް ދީނީ ޝިއާރު އާލާކޮށް، ހޭލުންތެރިކަން އުފެއްދުމަށް ތަފާތު ވަސީލަތްތައް ބޭނުންކުރުން ފަދަ ކަންކަން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ޔޯގާ މައްސަލަ އާއި ކުޅިވަރަށް ބޭނުންވާ އުސޫލުތައް ދީނީ އިމުގެ ތެރެއިން އެކުލަވައިލުމުގެ މައްޗަށް ވެސް މި ބައްދަލުވުމުގައި ވަރަށް ތަފްސީލީ ގޮތެއްގައި މަޝްވަރާ ކުރެވުނު ކަމަށްވެސް އެ ގުޅުމުން ބުންޏެވެ.

ވަޒީރުގެ ފަރާތްޕުޅުން މި ބައްދަލުވުމުގައި އިލްމުވެރިންނަށް ލިބިގެން ދިޔަ އެއްބާރުލުމާއި ދެއްވި ޔަގީން ކަމަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ޝުކުރުއަދާކޮށްފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.