ޣައްޒާގައި ކާބޯތަކެތި ބަހާތަނެއްގައި ކިއޫގައި.. ފޮޓޯ: ނިއުޔޯކް ޓައިމްސް
ހަބަރު
26 Aug 2025 | 10:57
ޣައްޒާ ރައްޔިތުން ބަނޑަށް މަރުވަނީ. އަވަސް އެހީތެރިކަމަށް ގޮވާލައިފި

ޣައްޒާގައި ކާބޯތަކެއްޗަށް ބޭނުންވެފައިތިބި އެތައް ބަޔަކު އެބަތިބިކަމަށާއި، ވީ އެންމެއަވަހަކަށް އެފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ޣައްޒާގެ ޗެރިޓީ ޔޫނިއަން ޖަމިއްޔާއިން ގޮވާލައިފިއެވެ.

ޣައްޒާގެ ޖެނެރަލް ސެކެރެޓަރީ ޔެރިތީ ޔޫނިއަން މުސްތަފާ އަލަގްހާ ސޮއިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާގެ ރައްޔިތުން މިހާރު ތަހައްމަލުކުރަމުން އެދަނީ ތާރީހުގައިވެސް ކުރިމަތިނުވާފަދަ ބަނޑުހައި ހޫނުކަމުގެ ދުަވަސްތަކެއް ކަމަށެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސިފައިން ޣައްޒާ ހިފުމަށް ހިންގަމުްނގެންދާ އޮޕަރޭޝަނުގައި އެ ސިޓީގެ އެތައް ބަޔަކު ބަނޑުހައިހޫނުކަމުގައި ތިބިއިރު، މުޅި ޣައްޒާ ސިޓީއަށް ވަނީ ބަނޑުހައިހޫނުކަމުގެ ކާރިސާއެއް ކުރިމަތިވެފައެވެ. އދ އިންވެސް ވަނީ އެ ސިޓީގައި ބަނޑުހައިހޫނުކަމުގެ ސަބަބުން އެތައް ބަޔަކު މަރުވެދާނެކަމުގެ އިންޒާރުދީފައެވެ.

ޣައްޒާ ޗެރިޓީ ޔޫނިއަނުން ނެރެފައިވާ ބަޔާނުގައި ވަނީ ބައިނަލްއަޤްވާމީ އިންސާނީ އެހީދޭ ފަރާތްތަކުގެ ކިބައިން ޣައްޒާއަށް ކާބޯތަކެއްޗާއި އެނޫންވެސް ޒަރުރީ އެހީ މިހާރުން މިހާރަށް ބޭނުންވާކަމަށް ގޮވާލައި އެހީ އަވަސްކުރުމަށް އެދިފައެވެ. 

އައްޒާގެ ރައްޔިތުންނަށް އިތުރަށް މަޑުކުރެވޭކަށެއްނެތް. އަޅުގަނޑުމެން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށާއި، އެހީދޭ އޭޖެންސީތަކަށާއި، އަދި މުޅި ދުނިޔެއަށް މި ގޮވާލަނީ އެހީ އަވަސްކުރުމަށް. އެހެން ނޫނީ އެމީހުންގެ ފުރާނަ ގެއްލިދާނެ

އްޒާ ޗެރިޓީ ޔޫނިއަނުގެ ބަޔާނުގައި ބުންޏެވެ

އިސްރާއީލުން ޢައްޒާ ހިފުމަށް ހިންގަމުންގެންދާ އުދުއާންތަކުގައި މިހާރުވެސް އެސިޓީގެ ކުޑަކުދިންނަށް ވަނީ ކާނާ ނުލިބުމުގެ ސަބަބުން ހިކި އަނަރޫފަވެފައެވެ. އިސްރާއީލްގެ އަސްކަރިއްޔާއިން ދަނީ މާޗްމަހުން ފެށިގެން ޣައްޒާގެ ސަރަހައްދީ ރޮނގު ބަންދުކޮށް ކާބޯތަކެތީގެ އެހީތައް ޢައްޒާއަށް ވެއްދުމަށް ހުަރަސްއަޅަމުންނެވެ. އެހީގެ ސާމާނު ވެއްދުމަށް ވަގުތު ދިންމަަވެސް ފުރުސަތު ފެނީ ވަރަށް ކުޑަވަގުތުކޮޅަކަށެވެ.

ޣައްޒާ ބަނޑަށްޖެހި ކާބޯތަކެތި ބޭނުންވާކަމަށް ޣައްޒާ ޗެރިޓީ ޔޫނިއަނުން ބުނެފައިވާއިރު، ޣައްޒާއަށް އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ ކުރަންޖެހޭ މަސައްކަތްތައް މިވަގުތު ހާއްސަ އިސްކަމެއްދީގެން ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.