މަޖިލީސް ދޮށުގައި ބަޔަކު މުޒާހަރާ ކުރަނީ --
ހަބަރު
26 Aug 2025 | 22:51
މީޑިއާ ބިލް މާދަމާގެ ޖަލްސާގެ އެޖެންޑާގައި، އެމްޑީޕީން މުޒާހަރާއަށް

މީޑިއާގެ ކަންކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށެހެޅި ބިލް މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި އެވެ.

މީޑިއާތައް ރެގިއުލޭޓްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް" ހުށައެޅީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އެވެ. ދައުރުން ބޭރުގައި މާދަމާ ބާއްވަން ހަމަޖެހިފައިވާ ޖަލްސާއަށް އެ ބިލް ވަނީ އެޖެންޑާކޮަށްފަ އެވެ.

އެގޮތުން ފުރަތަމަ ކިއުން އިއްވާނެ އެވެ. އަދި މާދަމާގެ ޖަލްސާގައި އެ ބިލް ބަލައިގަންނާނެ ކަމަށް ބެލެވެ އެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ ރޫހު އޮތީ ބިލް ބަލައިގަތުމަށެވެ.

މި ބިލް ފަރުމާކޮށްފައިވަނީ ގާނޫނު އަސާސީން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަރަށްބޮޑަށް ހުރަސް އެޅޭގޮތަށް ކަމަށާއި، ބިލް ފަރުމާކޮށްފައިވަނީ މަޖިލީހުގައި އެއިރެއްގައި އޮންނަ މެޖޯރިޓީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް ކަމަށް މީޑިއާތަކާއި މީޑިއާތަކުގެ ބެލެނިވެރި ފަރާތުން ވަނީ ބުނެފަ އެވެ.

އަދި މި ބިލުން އުފައްދާ ކޮމިޝަން އެކުލެވިގެންވާގޮތުން އަދި މެމްބަރުން ވަކިކުރުމުގެ ބާރު ދީފައިވާގޮތުން މީޑިއާތަކަށް މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސްއެޅި، ވަރަށްބޮޑަށް ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުްނގެ މަޖިލީހަށް ލިބިދޭ ކަމަށް ބުނެފައިވެ އެވެ.

އެބިލް އެޖެންޑާ ކުރާތީ މާދަމާ ހެނދުނު 9:00 އަށް މަޖިލީސް ދޮށަށް އެއްވެ މުޒާހަރާކުރަން އެމްޑީޕީން ވަނީ ނިންމާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.