ކުރިނބީގެ އައު ހެލްތު ސެންޓަރު މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން... ފޮޓޯ: ރައީސް އޮފީސް
27 Aug 2025 | 09:54
ކުރުނބީ އައު ހެލްތު ސެންޓަރު އިމާރާތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ހދ.ކުރިނބީގައި އިމާރާތްކުރުމަށް ސަރުކާރުން ނިންމި އައު ހެލްތު ސެންޓަރުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ހެލްތު ސެންޓަރު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ކުރިނބީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑ.ީސ.ީޕީ (ރިޓާޔަޑް އަޙްމަދު ސަޢުދީއެވެ. އަދި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ. 

މި އެއްބަސްވުމުގެ ދަށުން އެއްއަހަރުދުވަހުގެ ތެރޭގައި އެމްޓީސީސީން އެ އިމާރާތުގެ މަސައްކަތް ނިންމައި ހަވާލުކުރަން ޖެހެއެވެ. ކުރިނބީ ސިއްހީމަރުކަޒު ތަރައްޤީކުރަނީ 24 ގަޑިއިރު ހިދުމަތްދެވޭ އުސޫލުން ގިަނ ހިދުމަތްތަކެއް ހިމަނައިގެންނެވެ.އެގޮތުން ލެބޯޓްރީއާއި ޕްރޮސީޖަރ ރޫމްގެ އިތުރުންވެސް ރަށެއްގެ ރައްޔިތުންނަށް ކޮންމެހެން ލިބެންޖެހޭ ސިއްހީ ހިދުމަތްތައް މި މަރުކަޒުން ދެވޭގޮތަށް ސަރުކާރުން ވަނީ ޕްލޭންކޮށްފައެވެ.

ކުޑަރަށެއް އަދި ބޮޑުރަށެއް ނުބަލައި އެއް މިންގަނޑަކުން ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ހިދުމަތްތައް ވީހާވެސް އަވަހަކަށް ދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ