މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ކާކުކަން ދެނެގެންފި

މަރުވެފައި އޮއްވާ މީހަކު ފެނުނު ސަރަޙައްދު

މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ކާކުކަން ދެނެގެންފި އެވެ.

ފުލުހުން މިރޭ ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އޮގަސްޓް 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ނޭޕަލްއަށް ނިސްބަތްވާ ރައުޕަން ތަޕާ މަގަރު (29އ) ކަން ފޮރެންސިކް ތަޙުލީލުތަކުން ވަނީ ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން އޭނާ މަރުވުމުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އިއްޔެ މި މީހާގެ ހަށިގަނޑު ފެނިފައިވަނީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި ވަނިކޮށެވެ.

ކޮމެންޓް