ދިޔާނާ ސައީދު..
ހަބަރު
28 Aug 2025 | 08:28
އަސާސީ ހައްޤުތައް ހިފެހެއްޓޭނެ މިންގަނޑުތައް ޤާނޫނޫ އަސާސީގައި ބުނެދީފައި އެބައޮތް: ދިޔާނާ

މިނިވަން ނޫސްވެރިކަމާއި ހިޔާލްފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ ހައްޤެއް ކަމަށާއި، އެ ހައްޤުތައް ހިފެހެއްޓޭނެ މިންގަނޑުތައް ޤާނޫނޫ އަސާސީގައި ބުނެދީފައި އެބައޮތްކަމަށް ކުރީގެ އެޓާނީ ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލާގުޅޭގޮތުން މީޑިއާއާ ވާހަކަދައްކަވަމުން ފުންނާބު އުސް ޤާނޫނީ ވަކީލު ދިޔާނާ ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ލިބިގަތުމާއި، މައުލޫމާތު ހާމަކުރުމާއި މައުލޫމާތު ފެތުރުމަކީ އަސާސީ ހައްޤެއް ކަމަށެވެ. ދިޔާނާ ވިދާޅުވީ އަސާސީ ހައްޤުތައް ހިފެހެއްޓޭނެ މިންގަނޑުތައް ޤާނޫނު އަސާސީގައި ބަޔާންކޮށްދީފައިވާކަމަށެވެ.

ދިޔާނާ ވިދާޅުވީ މިހާތަނަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، މިހާރު މީޑިއާ ކޮންޓްރޯލް ކުރުމުގެ ނަމުގައި މަޖިލީހަށް ލާފައިވާ އެ ބިލަކީ އިމުން ބޭރުވާ ބިލެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ އުއްމީދަކީ ސަރުކާރުން އެ ބިލުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނޭކަމަށާއި އެހެންނޫންކަމަށް ވާނަމަ ދެން އޮތީ ޝަރުޢީ މަރުހަލާއަށް ގޮސްގެން އެކަމަށް ހައްލު ހޯދުންކަމަށެވެ. އެގޮތުން ކޯޓުތަކުގެ ދޮރުގައި ޓަކިޖަހައިގެން ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކައިގެން ކުރިއަށް ވަޑައިގަންނަވާނޭކަން ދިޔާނާ ފާހަގަކުރެއްވިއެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީގެ، އަސާސީ ހައްޤުތަކާއި މިނިވަންކަމުގެ ބާބުގެ 27 ވަނަ މާއްދާގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ގޮތުން ބަޔާންކޮށްފައިވަނީ، މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލުތަކާ ހިލާފްނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބާބުގައި ބުނެފައިވަނީ، ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއވެެ. މީހެ ތެރޭގައި ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލްފާޅުކުރުމާއި، ޝާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ.

މިގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނޭކަމަށްވެސް އެ ބާބުގެ 27 ވަނަ މާއްދާގައި ބުނެފައިވެއެވެ.

މަޖިލީހަށް މިހާރު ލާފައިވާ މީޑިއާ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، ނޫސްވެރިން ވަނީ އެ ބިލް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.