ތުހުމަތުގައި ހައްޔަރުކުރި ތިން ޒުވާނުން
ހަބަރު
28 Aug 2025 | 13:25
އަބްދުއްރަހުމާންގެ މަރުގެ މައްސަލަ: އާޝިދުގެ ބަންދަށް 30 ދުވަސް ޖަހައިފި

ޖުލައިމަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ޒަޚަމްކޮށްލުމުގެ ސަބަބުން މަރުވި، އެރަށު އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އަހަރު) މަރުގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ އަހުމަދު އާޝިދުގެ ބަންދުގެމުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، މައްސަލާގައި ހައްޔަރުކޮށްފައިވާ އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް ކޯޓުން ޖަހައިދީފައިވާކަމަށެވެ. އަދި މި މައްސަލަ ބަލަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

ޢަބްދުއްރަޙްމާން އާދަމް މަރުގެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ އަނެއް ދެމީހުންނަކީ، މާޅޮހު ލިލީފެހިގޭ އުމުރުން 22 އަހަރުގެ މުހައްމަދު ވިސާމްގެ އިތުރުން ހަމަ އެރަށު ފިނިވާގޭ އުމުރުން 27 އަހަރުގެ އަހްމަދު ފާރިސް އެވެ. މި ދެމީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގެ ތަހްގީގަށް ފުލުހުން ވަނީ އަބްދުއްރަހްމާނުގެ ހަށިގަނޑު ބޭރަށް ފޮނުވައިގެން ޕޯޓްސްމޯޓަމް ހެދިއެވެ. ޕޯސްޓް މޯޓަމް ރިޕޯޓުގެ ނަތީޖާއިން ދައްކާފައިވަނީ އޭނާ މަރުވީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕޯސްޓްމޯޓަމް ހެދުމަށްފަހު ޢަބްދުއްރަހްމާނުގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖުލައިމަހުގެ 24 ވަނަ ދުވަހުއެވެ. ޕޯސްޓްމޯޓަމް ހަދަން އަބްދުއްރަޙްމާންގެ ހަށިގަނޑު ފޮނުވީ އިންޑިޔާގެ ތްރިވަނަންތަޕޫރަމް އަށެވެ. ޕޯސްޓް މޯޓަމް ހެދުމަށްފަހު ރާއްޖެގެނެސް އޭނާ ވަޅުލާފައިވަނީ މިދިޔަ ބްރާސްފަތިދުވަހުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.