ރައީސް ހިންގަވާފައި ވަޑައިގަންނަވަނީ -- ފޮޓޯ: މިހާރު
ހަބަރު
28 Aug 2025 | 20:46
އުލުބައިންދަން ނުގޮވޭނެ، މައްސަލަ ބަލާނަން: ރައީސް

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް، ނޫސްވެރީން އުލުބައިދަން ގޮވާލި އަނިޔާވެރި ގޮވާލުމުގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ފަލާހު ވަނީ ނޫސްވެރީން އުލުބައިދަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އޭނާގެ އެ ވާހަކަތަކަށް ވަރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި އެކަން ނޫސްވެރީންނާއި މީޑިއާތަކާއި މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކުން ވަނީ ކުށްވެރި ކޮށްފަ އެވެ.

މިއަދު ރައީސް އޮފީހުން، ރައީސްގެ ރަސްމީގެކޮޅަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް ނޫސްވެރީންތަކެއް ވަނީ އެ މައްސަލާގައި ފިޔަވަޅު އަޅާނެތޯ ސުވާލުކޮށްފަ އެވެ.

ކުރީން ނޫސްވެރިކަން ކޮށް މިހާރު ސިޔާސީ ކަންކަމުގައި އުޅޭ ބައެއް މީހުންގެ ފަރާތުން ވަރަށް ދެރަވަރު އަމަލުތައް އެވަގުތު ފެނުނު ނަަމަވެސް ރައީސް ވަނީ އެ ސުވާލަށް ޖަވާބު ދެެއްވާފަ އެވެ.

ވިދާޅުވީ އުލުބައިންދަން ނުގޮވޭނެ ކަމަށެވެ. އަދި މައްސަލަ ބައްލަވާނެ ކަމަށް ފަލާހު ނިސްބަތްވާ ކޮންގްރެސް ޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް
އާދަމް
ވެރިކަން ކުރާ ޕާޓީގެ ޕީޖީ ލީޑަރ ނޫސްވެރިން އުލުބައިންދަން ގޮވުމަކީ ބިރުހުރި ނުރައްކާތެރި ނާތަހުޒީބު އަމަލެއް ސުލޫކީ ބޮޑުމައްސަލައެއް ހެޔޮނުވާނެ ރައްޔިތުން ސަލާމަތްކުރޭ ގާނޫނީ ބޮޑުކުށެއް
28 Aug 2025
ހުސޭނު
ތިޔަހެން ބުނެލުމުން ތިއޮތީ ބަލާ ނިމިފައި. ބާރަށު މެމްބަރު ޝުޖާޢުގެ މައްސަލަ ސަރުކާރުގެ އެތައް އޮފީހަކުން ބަލާތާ ދޮޅު އަހަރުވަނީ އޭނާއާ ސުވާލުވެސް ކޮށްނުލާ!!!
29 Aug 2025
ދިރާސާ
ޕާޓީއިން ކަނޑާލާފަ ގޮނޑި ގެއްލުވާލަ ދެއްވާ
29 Aug 2025
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.