މުޅި ކޯހުން އެއްވަނަ އަށް ހޮވުނު ދަރިވަރު
ހަބަރު
30 Aug 2025 | 23:28
ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެއްވަނަ ސާޖަންޓް އަރުޝަދަށް

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ސާޖަންޓް މުޙައްމަދު އަރުޝަދު ހޮވިއްޖެ އެވެ.

ދ. ވާނީގައި ކުރިއަށް ގެންދިޔަ ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު މިރޭ ވަނީ ބާއްވާފަ އެވެ.

މި ރަސްމިއްޔާތުގައި، ކޯހުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުޙާދު ފިކުރީއެވެ. 

އޭޕްރީލް 20 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ 40 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ސާޖަންޓް މުޙައްމަދު އަރުޝަދުއެވެ. 

ކޯހުން ދެވަނަ ދަރިވަރަކަށް ސާޖަންޓް އާދަމް ނަސީމް ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް މުޙައްމަދު އަޔާން ޢަލީއެވެ.

ކޯހުން ދެވަނަ ދަރިވަރު 

ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ސާޖަންޓް އަޙްމަދު ޝިބަމްއެވެ. ދެވަނަ ދަރިވަރަކަށް ސާޖަންޓް އާދަމް ނަސީމް ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް މުޙައްމަދު އަޔާން ޢަލީއެވެ.

އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ކޮންސްޓަބަލް އައިޝަތު ހަމްޒާ ނިޔާޒް ހޮވިފައިވާއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް ޒިނާން އަޙްމަދު ރަޝީދުއެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް އަޙްމަދު އަތޫފް މުޙައްމަދު ޚާލިދުއެވެ.

އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރު

ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގެ ސްކޮޑްތަކުން އެންމެ މޮޅު ދަރިވަރުން ހޮވާފައިވެއެވެ. އެގޮތުން އައިނެއްލާ ސްކޮޑުން އެންމެ މޮޅު ދަރިވަރަށް ހޮވުނީ ސާޖަންޓް އާދަމް ނަސީމްއެވެ. ދެވަނަ ދަރިވަރަކަށް ކޮންސްޓަބަލް އައިޝަތު ހަމްޒާ ނިޔާޒް ހޮވުނުއިރު ތިން ވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޒިނާން އަޙްމަދު ރަޝީދުއެވެ. ބީފާން ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް އަޙްމަދު އަތޫފް މުޙައްމަދު ޚާލިދު ހޮވުނުއިރު ދެވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އަޙްމަދު ސަފާޙްއެވެ. ތިންވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް މޫސާ ނަޒީރުއެވެ.

ސާޅީސް ވަނަ އަސާސީ ތަމްރީނު ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު

ހާޖީ ސްކޮޑުން އެއް ވަނަ ދަރިވަރަކަށް ސާޖަންޓް މުޙައްމަދު އަރުޝަދު ހޮވުނުއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް މުޙައްމަދު އަޔާން ޢަލީއެވެ. ތިން ވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިބްރާހީމް ފައުޒާން ފަހުމީއެވެ. ރަންވިއްކާ ސްކޮޑުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޙަސަން ނަބްޙާންއެވެ. ދެވަނަ ދަރިވަރަކަށް ކޮންސްޓަބަލް މައުއޫޒް ފަޔާޒް ހޮވުނުއިރު ތިން ވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް ޚަދީޖާ ޒަކީއެވެ.

ސާޅީސް ވަނަ އަސާސީ ތަމްރީނު ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު<br>

ސާޅީސް ވަނަ އަސާސީ ތަމްރީނު ކޯހުގައި 97 ފިރިހެން ފުލުހުންނާއި 41 އަންހެން ފުލުހުންނާއެކު ޖުމްލަ 138 ފުލުހުން ބައިވެރިވެފައިވެއެވެ. އަދި 116 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.