އައިޔޫއެމް މޮކް ޓްރައިލްގެ ޗެންޕިއަން ޓީމް، ވެރިޓަސް ވިންސިޓް ގެ ބައިވެރިން- ފޮޓޯ/ އައިޔޫއެމް
ހަބަރު
31 Aug 2025 | 21:13
ރާއްޖޭގައި ބޭއްވި ފުރަތަމަ މޮކް ޓްރައިލް މުބާރާތުގެ ޗެމްޕިއަންކަން "ވެރިޓަސް ވިންސިޓް"އަށް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ލޯ ސޮސައިޓީއިން އިންތިޒާމުކޮށްގެން ދިވެހިރާއްޖޭގެ ޔުނިވާސިޓީ އަދި ކޮލެޖްތަކަށް ހުޅުވާލާގެން ބޭއްވި ފުރަތަމަ މޮކް ޓްރައިލްގެ ޗެންޕިއަންކަން އައިޔޫއެމްގެ ވެރިޓަސް ވިންސިޓް އިން ހޯދައިފިއެވެ.

އޮގަސްޓު މަހުގެ 23 އަދި 30 ވަނަ ދުވަހު ކުރިއަށް ދިޔަ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމުންވާދަކުރިއެވެ. މީގެތެރޭގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، (އައިޔޫއެމް)ގެ ދެ ޓީމަކާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.) ގެ ދެ ޓީމު ހިމެނެއެވެ.

މުބާރަތުގެ މަޤުސަދަކީ ދިވެހިރާއްޖޭގެ ޔުނިވާސިޓީ އަދި ކޮލެޖްތަކުން ޝަރީޢާ އަދި ޤާނޫނު ކިޔަވާ ދަރިވަރުން ކޯޓު ތަކުގެ މައުހާލަށް އަހުލުވެރި ކުރުވުމާއި، މިދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކާއެކު މަސައްކަތް ކޮށް ތަޖުރިބާ ހާސިލް ކުރުމުގެ މަގު ފަހި ކޮށްދިނުން ކަމަށް އައިޔޫއެމްގެ ލޯ ސޮސައިޓީން މައުލޫމާތު ދެއެވެ. މީގެ އިތުރުން ދަރިވަރުންގެ މެދުގައި ޝަރުޢީ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުންވެސް ހިމެނެއެވެ.

ވާދަވެރި މާޙައުލެއްގައި ކުރިއަށްދިޔަ މި މުބާރާތުގެ ފަހުބުރުގައި އެމްއެންޔޫގެ ”ޓީމް ބްރައުންލީ“ އާ ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ އައި.ޔޫ.އެމް.ގެ ”ވެރިޓަސް ވިންސިޓް“ ޓީމުން ނެވެ.

މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތައް

1. ބެސްޓް ވިޓްނަސް؛ ޢައިޝަތު ޢަލީ (ޓީމް ބްރައުންލީ)

2. ބެސްޓް އޮބްޖެކްޝަން އެންޑް ރެސްޕޮންސް އެޑްވޮކޭޓް؛ ނަޒްމީން ނިޒާަމް، (ޓީމް އެކުއިޓަސް)، ޒީބާ އަބްދުالله ސަލީމް (ވެރިޓަސް ވިންސިޓް)، ޢަލީ ރިފާޢު (ވެރިޓަސް ވިންސިޓް)

3. ބެސްޓް ކްރޮސް އެގްޒެމިނާ؛ ޢަލީ ރިފާޢު (ވެރިޓަސް ވިންސިޓް)

4. ބެސްޓް ޑައިރެކްޓް އެގްޒެމިނާ؛ ޢަލީ ރިފާޢު (ވެރިޓަސް ވިންސިޓް)

5. ބެސްޓް ޑިފެންސް ލޯޔާ؛ ޒީބާ އަބްދުالله ސަލީމް (ވެރިޓަސް ވިންސިޓް)

6. ބެސްޓް ޕްރޮސެކިޔުޓާ؛ ނަޒްމީން ނިޒާަމް (ޓީމް އެކުއިޓަސް)، މަރްޔަމް މީޝާ މުޙައްމަދު (ޓީމް އެކުއިޓަސް)

އައިޔޫއެމް މޮކް ޓްރައިލްގެ ރަނާރަޕް ޓީމްގެ ބައިވެރިން- ފޮޓޯ/ އައިޔޫއެމް

މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބާ ކައުންސިލްގެ ރައީސް ޙުސައިން ސިރާޖެވެ. ސިރާޖުގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުން ކަމަށްވާ އަޙްމަދު އަމީން މުޙައްމަދާއި، ޑރ. އައިޝަތު ވަޙީދާއާއި، ޑރ. ވިސާލް މޫސާއާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދާއި، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ފައިސަލް އަދި ކޯޓުތަކުގެ ގިނަ ޢަދަދެއްގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޙުސައިން ސިރާޖު ވަނީ މިފަދަ މުބާރާތްތަކަކީ އޭގެ ސަބަބުން ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އަދި އިތުރުން، ހުރިހާ ޒަމާނެއްގައިވެސް ޢަދުލު އިންސާފުގެ ނިޒާމާއި ޤާނޫނީ ނިޒާމު ނާޖާއިޒު ގޮތުގައި ބޭނުންކުރާ މީހުން އުޅޭނެކަމަށާއި، މުޖުތަމަޢުގައި ފަސާދަ އުފައްދަން އުޅޭ މީހުންވެސް އުޅޭނެކަން ފާހަގަކޮށް އޭނާ ވަނީ ޤާނޫނީ ވަކީލުންނާއި، ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ މީހުން ވާންޖެހޭނީ އަބަދުވެސް ޢަދުލު އިންސާފަށް ލޯބިކުރާ ބަޔަކަށް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އާެނާ ވަނީ ހުރިހާ ޤާނޫނީ ވަކީލުންވެސް އެފަދަ ބަޔަކަށްވުމަށް ނަސޭހަތްތެރިވެފައެވެ.

މި ރަސްމިއްޔާތު ނިންމާލީ ގައުމީ ސަލާމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.