މިސްކިތް އެޅުމަށް ބިން ހަވާލުކުރުމުގެ ތެރެއިން.. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
02 Sep 2025 | 11:40
ހުޅުމާލެ ފޭސް ދޭއްގައި ދެ މިސްކިތެއް އެޅުމަށް ބިން ހަވާލުކޮށްފި

ހުޅުމާލެ ފޭސް ދޭއް ސަރަހައްދުގައި އިތުރު ދެ މިސްކިތެއް އެޅުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން މިއަދު އިސްލާމިކް މިނިސްޓްރީއަށް ބިންތައް ހަވާލުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އެޗްޑީސީ އާ ދެމެދު ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރުއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތް އެޅުމަށް ހަވާލުކުރި ބިންތަކުގެ ތެރެއިން ހުޅުމާލެ ލޮޓް ނަމްބަރު 22221 ގައި އަޅުމަށް ހަމަޖެހިފައިވާ މިސްކިތަކީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. މި މިސްކިތުގެ ބިމުގެ ސައިޒަކީ 27920 ސްކޮއާފޫޓެވެ.

މީގެ އިތުރުން ހުޅުމާލެ ލޮޓް ނަމްބަރު 22242 ގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތަކީވެސް 2000-3000 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މި މިސްކިތުގެ ބިމުގެ ސައިޒަކީ 20720 ސްކޮއާފޫޓެވެ.

ހުޅުމާލޭ ފޭސް ދޭއްގައި އިތުރު ދެ މިސްކިތް އެޅުމަށް ބިން ހަވާލުކޮށްފައިވާއިރު، ހުޅުމާލޭ ފޭސް 2 ގައި ބިނާ ކުރަމުންްދާ ދާއިމީ ބައެއް މިސްކިތްތައް މި އަހަރު ހުޅުވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ނުނިމި ދިގުލަމުންދާ ދެ މިސްކިތް ހިމެނެއެވެ. ފޭސް 2 ގައި މިހާރުވެސް 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ ޢަމަލީ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.