މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ހަބަރު
03 Sep 2025 | 15:16
މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފި، ބައެއް މެންބަރުންގެ އެކައުންޓް މައިނަސް ގައި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމު ކުރަން ފަށައިފި އެވެ. 

މަޖިލީހުގެ ގަވާއިދުގެ ދަށުން މެންބަރުންގެ މާލީ ބަޔާން ހުށައަޅާ އަދި އެ ބަޔާންތައް މަޖިލީހުގެ އިދާރާ އިން އާންމު ކުރަން ޖެހެ އެވެ. މާލީ ބަޔާން ހުށައެޅުމުގެ ފަހު ތާރީހަކީ މިދިޔަ މަހުގެ ފަހު ދުވަހެވެ.

މާލީ ބަޔާން ހުށައެޅި މެންބަރުންގެ މާލީ ބަޔާންތައް މަޖިލީހުގެ އިދާރާ އިން އާންމުކުރަމުންދާއިރު ބައެއް މެންބަރުންގެ އެކައުންޓްގައި އެއްވެސް ފައިސާއެއް ނެތެވެ. ބައެއް މެންބަރުންގެ އެކައުންޓް ވަނީ މައިނަސް ގަ އެވެ. ވަރަށް މަދު އަދަދެއްގެ ފައިސާ ކޮޅަކާއި މުދާ ހުރި މެންބަރުން ވެސް ހިމެނެ އެވެ.

ބައެއް މެންބަރުންނަށް ހަދިޔާގެ ގޮތުގައި ލައްކައިން ފައިސާ

މެންބަރުންގެ މާލީ ބަޔާންތަކަށް ބަލާއިރު ބައެއް މެންބަރުންނަށް ހަދިޔާގެ ގޮތުގައި ވަރަށް ގިނަ އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށް ދައްކަ އެވެ. 

އެއް މެންބަރަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެވެ. އަބްދުއްރަހީމްގެ މާލީ ބަޔާނުގައިވާ ގޮތުން 958،982 ރުފިޔާ އަކީ ހަދިޔާ ގޮތުގައި ލިބިފައިވާ ފައިސާ އެވެ. އެ ފައިސާ ލިބުނީ ކާކުގެ ފަރާތުން ކަމެއް ސާފެއް ނުވެ އެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދަށް ވެސް 1.4 މިލިއަން ރުފިޔާ ހަދިޔާގެ ގޮތުގައި ލިބިފައިވާ ކަމަށް އޭނާގެ މާލީ ބަޔާނުގައި ބުނެފައިވެ އެވެ. އޭގެ ތެރެއިން ބައެއް ފައިސާއަކީ ޑޮލަރުން ލިބުނު ފައިސާ އެވެ.

މީގެ އިތުރުން ބައެއް މެންބަރުންގެ އަމިއްލަ ބިން ބިމާއި ރޯ ހައުސްއާއި ފްލްޓް ހުރި ކަމަށް ވެސް މާލީ ބަޔާންތަކުގައިވެ އެވެ. ބައެއް މެންބަރުންނަށް ފްލެޓާއި ރޯ ހައުސް ލިބިފައިވަނީ މީހެއްގެ ފަރާތުން ހިލެ އެވެ. ބައެއް މެންބަރުން ފްލެޓް ގަނެފައިވަނީ ލޯނު ނަގައިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.