ފަހްމީ އަދި ސަމާހް
07 Sep 2025 | 18:15
ސްޓެލްކޯގެ އެމްޑީ ކަމުން ފަހުމީ ވަކިކޮށް، ޝަމާހު އައްޔަންކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަކިކޮށް، ހުސައިން ޝަމާހް ރަޝީދު އައްޔަންކޮށްފި އެވެ.

ސަމާހް އަކީ މިފްކޯގެ ކުރީގެ ސީއީއޯ އެވެ. ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަކިކޮށް، ހުސައިން ޝަމާހް ރަޝީދު އައްޔަންކޮށްފައިވާ ކަމަށެވެ.

އިތުރު ތަަފްސީލެއް ނުދެ އެވެ. ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހްމީ ވަކިކުރެއްވީ އެ މަގާމަށް އެހެން ބޭފުޅަކު ހަމަޖައްސަވަން ނިންމާފައިވާ ކަމަށް ވާާހަކަ ދެކެވޭ އެތައް ދުވަހެއް ފަހުންނެވެ.

މި ބަދަލު ގެންނެވިއިރު މާލެއާ ހުޅުމާލެ އިން ކަރަންޓް ކެނޑޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ޚާއްސަކޮށް މި އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު މުޅި މާލެއާ ހުޅުމާލެ އިން ކަރަންަޓް ކެނޑުނު މައްސަލަ ހިމެނެ އެވެ. އެ މައްސަލައާ ގުޅިގެން މިނިވަން ތަހުގީގެއް ހިންގާ އެކަމުގަައި އިހްމާލެއް އޮތްތޯ ބެލުމަށް ރައީސް ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވާފަ އެެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްުޔަނު ކުރެއްވި ޝަމާހް އަކީ މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް މެއި 21, 2024 ގައި ވަކިކުރައްވާފައިވާ ބޭފުޅެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.