ކާލޯސް އަލްކަރާޒް
ކުޅިވަރު
08 Sep 2025 | 11:28
އެންމެ ފަހުގެ ޗެންޕިއަން ސިނާ ބަލިކޮށް އަލްކަރާޒް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި އެންމެ ފަހުގެ ޗެންޕިއަން އިޓަލީގެ ޔަނިކް ސިނާ ބަލިކޮށް ސްޕެއިންގެ ކާލޯސް އަލްކަރާޒް ޗެންޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ސިނާ ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ކެނެޑާގެ ފިލިކްސް އޮގަރ-އަލިއަސިލައިމް 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި އަލްކަރާޒް ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ސާބިއާގެ ޖޮކޮވިޗް ސީދާ ތިން ސެޓުން ބަލިކުރުމަށްފަހު އެވެ. 

ދެކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް 2-6 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދުނިޔޭގެ ދެވަނައިގައި ރޭންކްކޮށްފައިވާ އަލްކަރާޒް އެވެ. ނަމަވެސް ޖެހިގެންއައި ސެޓް ވާދަވެރި ކުޅުމަކަށްފަހު 6-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާގެ ގޮތުގައި ރޭންކްކުރެވިފައިވާ ސިނާ އެވެ.

މިއާއެކު މެޗުގެ ފޯރި އިތުރަށް ގަދަވި ނަމަވެސް ޖެހިގެންއައި ދެ ސެޓް 1-6 އަދި 4-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އުމުރުން 22 އަހަރުގެ އަލްކަރާޒް ވަނީ މިމުބާރާތުގެ ތަށި ދެވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ. އަދި މިއާއެކު އެނާ ކާމިޔާބުކުރި ގްރޭންޑް ސްލޭމްގެ ޖުމްލަ ވަނީ ހަޔަކަށް އަރައިފަ އެވެ.

އެގޮތުން އަލްކަރާޒް ވަނީ ވިމްބަލްޑަން އާއި ފްރެންްޗް އޯޕަން ވެސް، ކޮންމެ މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި މިހާތަނަށް އެނާއަށް ކާމިޔާބުނުކުރެވި އޮތީ އޮސްޓްރޭލިއަން އޯޕަން އެވެ.

"ވަރަށް އުފާވެރި އިހުސާސެއް ކުރެވެނީ،" އަލްކަރާޒް ބުންޏެވެ. "މި ތަށި އުފުލާލަން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން މި އައީ. މިއީ އަހަރެންގެ ދެ ވަަނަ ޔޫއެސް އޯޕަން. އެކަމަކު މިއީ ހުވަފެނެއް ހަގީގަތަކަށްވުން."

ހާޑް ކޯޓް ގްރޭންޑް ސްލޭމުގައި ސިނާގެ މޮޅުވުމުގެ ސިލްސިލާ 27 މެޗަށް ފަހު ނިމުމަކަށް ގެނައުމުގެ އިތުރުން، އަލްކަރާޒަށް ދެން އޮތް އުފަލަކީ އަނެއްކާ ވެސް ދުނިޔޭގެ ރޭންކިންގެ އެއްވަނަ އަށް އެރުމެވެ.

"އެއީ އަހަރެންގެ ފުރަތަމަ ޓާގެޓަކީ ވެސް. އަލުން ދުނިޔޭގެ އެއްވަނަ ހޯދުން،" ޖޫން މަހު ފްރެންޗް އޯޕަން ފައިނަލުން ވެސް ސިނާގެ މައްޗަށް ކުރި ހޯދި އަލްކަރޭޒް ބުންޏެވެ.

މެޗަށްފަހު ސިނާ ބުނީ އޭނާގެ އެންމެ މޮޅު ކުޅުން ދެއްކި ކަމަށާއި، ނަމަވެސް އަލްކަރޭޒް އެއަށް ވުރެ މޮޅަށް ކުޅުމުން ތަށި ހައްގުވީ ކަމަށެވެ.

ނިއު ޔޯކުގައި އޮތް ފައިނަލް މެޗު ބައްލަވާލެއްވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަޑައިގެންނެވި އެވެ. އެމަނިކުފާނު ފަހަކަށް އައިސް ވަރަށް ގިނަ ކުޅިވަރު އިވެންޓްތަކުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. އެގޮތުން ފެބްރުއަރީ މަހު އޮތް އެންއެފްއެލް ސުޕަ ބޯލް މެޗާއި، ޖުލައި މަހު އޮތް ފީފާ ކްލަބް ވޯލްޑް ކަޕް ފައިނަލް މެޗު ބައްލަވާލެއްވުމަށް ސްޓޭޑިއަމަށް ވަޑައިގަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ