ނިޔާޒް
ހަބަރު
08 Sep 2025 | 16:01
އުރީދޫ އިންޓަރނެޓް ހިދުމަތުގައި މައްސަލައެއް ނޫޅޭ: ނިޔާޒް

އުރީދޫއިން ރާއްޖެއަށް ދެމުން އަންނަ އިންޓަރނެޓް ހިދުމަތުގައި މައްސަލައެއް ނޫޅޭކަމަށް އެކުންފުނީގެ ސީއީއޯ ހުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ.

ރެޑްސީގައި އަޅާފައިއޮތް އިންޓަރނެޓް ސަބްމެރިން ކޭބަލެއް ބުރިވުމުގެ ސަބަބުން އޭޝިއާ ސަރަހައްދުގެ އިތުރުން މެދުއިރުމައްޗާއި ޔޫރަޕްގެ ބައެއް ހިސާބުތަކަށް އިންޓަރނެޓް ލިބުމުގައި ދަތިތަކެއް އުޅޭކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެކަމުގެ ސަބަބުން ރާއްޖޭގައި އިންޓަރނެޓް ބޭނުންކުރުމުގައި މައްސަލައެއް އުމާވެދާނެތޯ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ޓެލްކޮމް ހިދުމަތްދޭ ފަރާތްތަކަށް ސުވާލު އަމާޒުކޮށްފައެވެ.

މިކަމާ ގުޅިގެން ނިޔާޒް ވިދާޅުވީ އުރީދޫއިން ދެމުންގެންދާ އިންޓަރނެޓްގެ ހިދުމަތަށް އެއްވެސް މައްސަލައެއް ދިމާނުވާކަމަށެވެ. ނިޔާ ވިދާޅުވީ އުރީދޫއިން އަޅާފައިވާ ސަބްމެރިން ކޭބަލް ތައް ހުންނާނީ ސިންގަޕޫރު ފަދަ އެހެން ސަރަހައްދުތަކާ ގުޅާލެވިފައިކަމަށެވެ.

އެގޮތުން ސަބްމެރިން ކޭބަލް އަޅާފައި ހުންނާނީ އެއް ދިމާލުން މައްސަލައެއް ކުރިމަތިވި ނަމަވެސް އެހެން ސަރަހައްދުތަކުން ހައްލު ހޯދޭގޮތަށް ކަމަށް ނިޔާ ފާހަގަކުރެއްވިއެވެ.

ރެޑްސީގައި އަޅާފައިވާ ފައިބަރ ސަބްމެރިން ކޭބަލް ބުރިވުމުގެ ސަބަބުން އެންމެބޮޑަށް އެކަމުގެ އަސަރުކޮށްފައިވަނީ، މެދުއިރުމަތީގެ ޤައުމުތަކަށް ކަމަށެވެ. މީގެ ތެރޭގައި ކުވައިތު, ޔޫއޭއީ ފަދަ ޤައުމުތައް ފާހަގަކޮށްލެވެއެވެ. އަވައްޓެރި ބައެއް ޤައުމުތަކުގެ ތެރެއިން ޕާކިސްތާނަށްވެސް އިންޓަރނެޓް ބޭނުންކުރުމުގައި މައްސަލަ ދިމާވެފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.