މިހާރު ކުރިޔަށްދާ މަޖިލީހުގެ ކޮމެޓީގެ ތެރެއިން... ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
09 Sep 2025 | 11:57
ޒާތީ މަޢުލޫމާތު ހުރި ކަމަށް ބުނެ މީޑިއާ ބިލު ދިރާސާކުރާ ކޮމެޓީ ސިއްރުކޮށްފި

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާތައް ރެގިއުލޭޓްކުރާ ބިލަށް ގިނަ ފަރާތްތަކެއްގެ ކޮމެންޓް ލިބިފައިވާއިރު، އެ ކޮމެންޓުތައް ފޮނުވި ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ހާމަކުރަން ޖެހޭ ކަމުގައި ފާހަގަކޮށް އެ ބިލު ދިރާސާކުރާ ކޮމެޓީ ސިއްރުކޮށްފިއެވެ.

ދައުރުން ބޭރުން ކުރިޔަށްދާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ 31 ވަނަ ކޮމެޓީގައި ވަނީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މޯލްޑިވްސް މީޑިޔާ އެންޑް ބްރޮޑްކާސްޓިން ރެގިއުލޭޝަން ބިލަށް ލިބިފައިވާ ޚިޔާލުތައް ދިރާސާކުރަން އެޖެންޑާކޮށްފައެވެ. 

އޭގެ ކުރިން އެ ކޮމެޓީގައި ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލުގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައެވެ.

އެގޮތުން މީޑިޔާ ރެގިއުލޭޝަން ބިލުގެ ދިރާސާގެ މަސައްކަތްތައް ފެށުމާއެކު، ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވަނީ އެ ބިލަށް ވަރަށް ގިނަ ކޮމެންޓުތައް ލިބިފައިވާކަން ފާހަގަކުރައްވައި، މިއަދު އެ މަސައްކަތް ނުނިންމޭނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މެންބަރު ވިދާޅުވީ ބައެއް މާއްދާތަކަށް ދިހަ، ބާރަ ކޮމެންޓު ވެސް ލިބިފައިވާ ކަމަށާއި، އެ ކޮމެންޓުތައް ދިރާސާކުރާ އިރު އެ ކޮމެންޓު ފޮނުއްވި ފަރާތާއި އެ ކޮމެންޓު ވެސް ބާރަށް ކިޔާނެ ކަމަށެވެ.

އެހެންކަމުން އެފަދައިން އެ ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ހާމަކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ މެންބަރު ވަނީ ސުވާލު އުފައްދަވައި، އެފަދަ މައުލޫމާތެއް ހާމަކުރައްވަން ބޭނުންފުޅު ނުވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ކޮމެޓީ ސިއްރުކުރަން މެންބަރު ހުށަހަޅުއްވިއެވެ.

މެންބަރު ނަސީމުގެ އެ ހުށަހެޅުމަށް ތާޢީދުކުރައްވާފައިވަނީ ކެލާ ދައިރާގެ މެންބަރު އަބްދުﷲ ޝަރީފުއެވެ.

އެއާއެކު އެ ކޮމެޓީގެ މުޤައްރިރު މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޟާ ވަނީ އެ ކޮމެޓީ ސިއްރުކުރަން ވޯޓަށް އަހާފައެވެ. އެ ނިންމުމަށް ކޮމެޓީގެ މެންބަރުންގެ ޣައުލަބިއްޔަތު ލިބުނެވެ.

ފާހަގަކުރެވޭ ގޮތުގައި މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ޙަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑީޔާގެ ރެގިއުލޭޓަރީ ބިލާ ދެކޮޅަށް ވަރަށް ގިނަ ނޫސްވެރިން ވަނީ ޚިޔާލު ފާޅުކޮށްފައެވެ. އެގޮތުން ނޫސްވެރިންގެ ޚިޔާލު ހޯދުމަށް އެ ކޮމެޓީން މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ކޮމެޓީގެ ޖަލްސާގައި ވެސް ހުރިހާ ނޫސްވެރިން ވަނީ އެ ބިލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

އަދި އެ ބިލު ބޭރުކުރުމަށް ގޮވާލައި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު، ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ވަނީ މަޖިލީހަށާއި ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.