10 Jun 2019 | 09:33
މެސީ އަދި ރޮނާލްޑޯ އަކަށްވެސް ޔުނައިޓެޑުގެ މައްސަލަތަކަށް ހައްލެއް ނުގެނެވޭނެ: ރޫނީ

މަޝްހޫރު އަދި މޮޅު ކުޅުންތެރިން ކަމުގައިވާ ލިއޮނަލް މެސީ، ކްރިސްޓިއާނޯ ރޮނާލްޑޯ، ގަރެތް ބޭލް، އަދި ސާޖިއޯ ރާމޯސް ފަދަ ކުޅުންތެރިންނަށްވެސް މެންޗެސްޓާ ޔުނައިޓެޑަށް ދިމާވެގެން އުޅޭ މައްސަލަތައް ހައްލުކޮށް ނުދެވޭނެ ކަމުގައި އެ ކްލަބްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ބުނެފިއެވެ.

އެމެރިކާގެ މޭޖަރ ސޮކާ ލީގުގައި ޑީސީ ޔުނައިޓެޑަށް މިހާރު ކުޅެމުން އަންނަ ރޫނީ އިތުރަށް ބުނި ގޮތުގައި ކުރިއަށް އޮތް ސީޒަނުގައި ޕްރިމިއާ ލީގަށް ވާދަ ކުރެވޭ ފެންވަރެއްވެސް ޔުނައިޓެޑްގެ ނެތެވެ.

''ޔުނައިޓެޑްގެ ކޯޗް ޝޯލްޝާ ސްކޮޑެއް ބިނާ ކުރަންވީ، 100 މިލިއަން ޕައުންޑަށް އެކެއް ނޫނީ ދެ ކުޅުންތެރިން ގެންގޮސްގެން އެކަން ކުރެވޭނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. ރޮނާލްޑޯ، މެސީ، ރާމޯސް ނޫނީ ބޭލްވެސް ގެންދެވިދާނެ އެކަމަކު އެކަމަށް 350 މިލިއަން ޕައުންޑް ހަރަދުވާނެ. އަދި އެކަމުން މިހާރު ޔުނައިޓެޑަށް މާބޮޑު ފައިދާއެއް ނުކުރާނެ'' އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވާ ރޫނީ ބުންޏެވެ.

ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމަށްވެސް އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދީފައިވާ ރޫނީ އިތުރަށް ބުނިގޮތުގައި ރަނގަޅު ފެންވަރުގެ ޓީމެއް ބިނާ ކުރުމަށް ޝޯލްޝާއަށް މަދުވެގެން ތިން އަހަރު ދޭން ޖެހޭނެ ކަމަށައި އޭރުން ޔުނައިޓެޑް އޮންނާނީ ޕްރިމިއާ ލީގް އަދި ޗެންޕިއަންސް ލީގަށްވެސް ވާދަކުރެވޭ ހާލަތަށް އައިސްފަ ކަމަށެވެ.

މި ސީޒަނުގައި ކުޅުންތެރިން ގަތުމަށް ބޮޑު ބަޖެޓެއް ޝޯލްޝާއަށް ދީފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނަމުން އަންނައިރު މިހާތަނަށް އެކްލަބަށް ގެންގޮސްފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ސްވޯންސީއަށް ކުޅުނު ވޭލްސްއަށް ނިސްބަތްވާ 21 އަހަރުގެ ޑެނިއެލް ޖޭމްސްއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.