ސްކައުޓުން... ދައުލަތުގެ މީޑިއާ
ހަބަރު
10 Sep 2025 | 13:59
ބާޖަމަލުއްދީނުން، ބާއެފްއޭއެމުން، ބާއަރަބިއްޔާއިން އަނެއްކާ ވެސް ސްކައުޓުން މަގުމަތިވެއްޖެ

ޤައުމީ ސްކައުޓް އިދާރާ އަދި ސްކައުޓް ފިހާރަ މިހާރު ހިންގަމުންދާ އަރަބިއްޔާ ސްކޫލުން އެތަން ހުސްކުރަން އަންގައިފިއެވެ.

ސްކައުޓް އެސޯސިއޭޝަނުން ސޯޝަލް މީޑީޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު ސްކައުޓް އެސޯސިއޭޝަން އިދާރާ އަދި ސްކައުޓް ފިހާރަ ހުސްކުރުމަށް އަންގާފައިވާތީއާ، އަދި މިވަގުތު ޤައުމީ ސްކައުޓް އިދާރާ އާއި ފިހާރަ ހިންގާނެ އިތުރު ތަނެއް ހަމަޖެހިފައިނުވާތީ، އިތުރު ތަނެއް ހަމަޖެހެންދެން ސްކައުޓްގެ އިދާރާ އަދި ފިހާރަ ވަގުތީ ގޮތުން ބަންދުކުރެވިފައިވާ ކަމަށެވެ. 

އަދި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ސްކައުޓް އެސޯސިއޭޝަނުން ވަނީ މަޢާފަށް އެދިފައެވެ.

ސްކައުޓުން އެންމެ ފަހުން ތިބި އަރަބިއްޔާ ސްކޫލް

1956 ވަނަ އަހަރު، ރާއްޖޭގެ ސްކައުޓް ހަރަކާތްތައް ފެށުނު ފަހުން މިހާތަނަށް ވެސް ސްކައުޓް އެސޯސިއޭޝަނަށް ހަރަކާތްތައް ހިންގުމަށް އަދި ޤާއިމްވެ ތިބުމަށް ދާއިމީ އޮފީހެއް ލިބިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް އެ ހަރަކާތް ހިންގުމަށް، އިދާރީަ ގޮތުން ޤާއިމްވެ ތިބުމަށް ފަސް ފަހަރެއްގެ މަތިން ވަނީ ބަދަލުވެފައެވެ. އެގޮތުން:

- 1984 ވަނަ އަހަރު ސްކައުޓް އެސޯސިއޭޝަން އެކުލަވާލައި، އެ އެސޯސިއޭޝަން އެންމެ ފުރަތަމަ ހިންގީ ލިލީމަގުގައި އޭރު ހުރި ޔޫތު ސެންޓަރު ޢިމާރާތުގައި

- ފަހުން އެޢިމާރާތް މުލީއާގޭގެ ވެހިކަލް ގަރާޖަށް ބަދަލު ކުރުމަށް 1990ގެ މެދުތެރޭގައި މެދުޒިޔާރަތްމަގުގެ ހ. ބަންޑާރަވިލާގެ އަށް އެ އެސޯސިއޭޝަން ބަދަލުކުރި

- އޭގެ ފަހުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2017 ވަނަ އަހަރުގައި ބަންޑާރަވިލާއިން، ބައު ޖަމާލުއްދީން ސްކޫލުގެ ދެ ކިލާސް ރޫމަށް ބަދަލު ކުރި

- 2022ވަނަ އަހަރު ބައު ޖަމާލުއްދީން ތަޅާލަން ނިންމުމާއެކު އޭރު ހުސްކޮށް ހުރި "އެފްއޭއެމް ހައުސް" އަށް ބަދަލުކުރި

- އެފްއޭއެމް ޢިމާރާތް އެފްއޭއެމް އިން އަލުން ބޭނުންވެގެން 2023 ގެ ތެރޭގައި މިހާރު ހިންގާ ބައު ޢަރަބިއްޔާގެ ޢިމާރާތުގެ ބަޔަކަށް ސްކައުޓުން ބަދަލުކުރި

ބައު އަރަބިއްޔާ ސްކޫލުން ބަދަލުކުރަން ނިންމި ނިންމުމަކީ، ސްކައުޓުންގެ 69 އަހަރުގެ ތެރޭގައި އެ އެސޯސިއޭޝަނުގެ ހިންގުން ބަދަލުކުރަން ނިންމި ހަ ވަނަ ފަހަރެވެ.

"ވޮއިސް" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް ސްކައުޓުން ބަދަލުކުރަން ވަކިތަނެއް ކަނޑައަޅާފައެއް ނުވެއެވެ. 

އެގޮތުން އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ސްކައުޓުން ފާޅުކުރަމުންދާއިރު، ޤައުމީ ސްކައުޓްގެ ކައުންސިލް މެންބަރު މުޖާހިދު އަބްދުﷲ، ވަނީ ސޯޝަލް މީޑިޔާގައި އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އެގޮތުން މުޖާހިދު ވިދާޅުވީ، ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ރާއްޖޭގެ ސްކައުޓް ހަރަކާޓް މިހާރު އޮތީ ގާތްގަޑަކަށް މަގުމަތިކޮށްލާފައިވާ ކަމށާއި، 1956 ވަނަ އަހަރުން ފެށިގެން ދިވެހި ޒުވާނުން ބިނާކުރުމުގައި ސްކައުޓުންގެ ހަރަކާތް ބޮޑު ކަމަށެވެ.

ހުރިހާ ސަރުކާރަކުން ވެސް ސްކައުޓުންނާއެކީ ފޮޓޯ ނަގާލާފައި ހުންނަ ތަނަކުން ނެރެލާނެ. އެކަމަކު މިއީ ފުރަތަމަ ފަހަރަށް ވަންނާނެ ތަނެއް ނެތި، ރާއްޖޭގެ އެތަކެއް ކުދިން އެ ހަރަކާތްތަކުން މަންފާ ލިބިގަންނަ ސްކައުޓުންގެ ހަރަކާތް މަގުމަތިވި ފަހަރު. ދާއިމީ ހައްލެއް ހޯދައިދިނުމަށް މިއަށްވުރެ އައުލާކަން ބޮޑީ ވަކި ކޮންކަމެއްތޯ؟

ޤައުމީ ސްކައުޓްގެ ކައުންސިލް މެންބަރު މުޖާހިދު އަބްދުﷲ

އެ ޕޯސްޓަށް ކޮމެންޓު ކުރައްވަމުން ސްކައުޓް އެސޯސިއޭޝަނުގެ ފައުންޑިން މެންބަރު އަދި ކުރީގެ ރައީސްކަން ވެސް ކުރެއްވި އަބްދުﷲ ރަޝީދު ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ.

އެގޮތުން ރަޝީދު ވިދާޅުވީ ސްކައުޓުގެ ޚިދުމަތަށް 45 އަހަރު، އަދި އޭގެ ތެރެއިން ޤައުމީ ފެންވަރުގައި ދަރުމަވެރިކަމުގެ މަސައްކަތް ކުރެއްވި ބޭފުޅެއްގެ ޙައިސިއްޔަތުން މިއަދު ރާއްޖޭގެ ސްކައުޓުންނަށް ދިމާވެފައިވާ ޙާލަތާ މެދު ހިތާމަކުރައްވާ ކަމަށެވެ.

އަދި ސްކައުޓުންގެ ޙާލަތު ސަރުކާރުގެ ސަމާލުކަމަށް ގެނެސް، އެކަމަށް ޙައްލެއް ވީހާ ވެސް އަވަހަކަށް ހޯދުމަށް ރަޝީދު ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ