އޮރެންޖު... ފޮޓޯ: ވޮއިސް
ހަބަރު
10 Sep 2025 | 16:01
އެސްޓީއޯއިން ހެޔޮއަގުގައި އޮރެންޖު ވިއްކަން ފަށައިފި

ރާއްޖޭގެ ބާޒާރުގައި އޮރެންޖު ލިބުން ދަތިވެ، އަގުބޮޑުވުމާ ގުޅިގެން ރައްޔިތުންގެ ކުންފުނި އެސްޓިއޯއިން އޮރެންޖު ގެނެސް ސުޕަމާކެޓުގައި ވިއްކަންފަށައިފިއެވެ.

އެސްޓީއޯއިން ބުނީ ސުޕަމާޓުން މިހާރު ހެޔޮއަގުގައި އޮރެންޖު ލިބެން ހުންނާނޭކަމަށެވެ. އެސްޓީއޯއިން އޮރެންޖު ވިއްކަނީ ކިލޯއެއް 35 ރުފިޔާގެ މަގުންނެވެ. އެގޮތުން އެއީ ވަކިން ބަލާނަމަ ގާތްގަނޑަކަށް 5 ނުވަތަ 6 ރުފިޔާއެވެ. އެސްޓީއޯއިން އޮރެންޖު ގެނެސްގެން ހެޔޮއަގުގައި ވިއްކަން މި ފެށީ، ބާޒާރުން އޮރެންޖު ލިބުން މަދުވެ، އޭގެ އަގު ވަރަށްބޮޑަށް އުފުލިފައިވަނިކޮށެވެ.

އޮރެންޖު ލިބުން ދަތިވެ އަގު ބޮޑުވުމާ ގުޅިގެން ބައެއް އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޮރެންޖަކީ ދިވެހިން ވަރަށްގިނައިން ބޭނުންކުރާ މޭވާއެކެވެ.

އެސްޓީއޯ އޮރެންޖު އެޑް

ބާޒާރުގައި އޮރެންޖެއްގެ އަގު މިވަގުތު އުޅެނީ 12 ރުފިޔާއަށެވެ. ގިނަ ފިހާރަތަކުން މިހާރު އޮރެންޖު ނުވެސް ލިބެއެވެ. މިދުވަސްވަރު ދުބާއީ ފަދަ ޤައުމުތަކުންވެސް އޮރެންޖު ލިބުން ދަތިކަމަށް ވިޔަފާރިވެރިން ބުނެއެވެ. އެންމެގިނައިން ރާއްޖެއަށް އޮރެންޖު އެތެރެކުރާ މިސްރުގެ ބާޒާރުތަކުގައިވެސް މިހާރު އޮރެންޖުގެ އަގު ވަނީ އުފުލިފައެވެ.

އެގޮތުން މިސްރުގައި އޮރެންޖު ކިލޯއެއް މިހާރު ލިބެންހުރީ 50 ނުވަތަ 70 މިސްރު ޕައުންޑްގެ އަގުތަކެއްގައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، 15 ރުފިޔާ އާއި 25 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.