ކުރީގެ ރައީސް ނަޝީދު.. ވޮއިސް/ ފައިލް ފޮޓޯ
ހަބަރު
10 Sep 2025 | 16:50
އަދުލުވެރިކަން ނުގެނެވިއްޖެނަމަ، އިތުރު ޤައުމުތަކުން އިހުތިޖާޖުކުރުންތައް ފެނިދާނެ: ނަޝީދު

އަދުލުވެރިކަމާއެކު ވެރިކަން ނުކުރެވިއްޖެނަމަ، އިތުރު ޤައުމުތަކުން އިހުތިޖާޖުކުރުންތައް ފެނިގެން ހިނގައިދާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނޭޕާލްގެ ސިޔާސީ މަޝްރަހްގައި އިއްޔެ ފެނިގެންދިޔަ ކަންތައްތަކާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުތައް ހަމަނުޖެހުމާ ހިސާބަށް ދިއުމުގެ އަސްލުތަކުގެ ތެރޭގައި ހިމެނެނީ ވެރިކަން ގޯސްކޮށް ހިންގުމާއި، ކޮރަޕްޝަނުގެ އިތުރުން ދަރަނި ކަމަށެވެ. ނޭޕާލުން އެކަންކަން ފެންނަމުންދާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ތަރައްޤީވަމުން އަންނަ ޤައުމުތަކުން ރަނގަޅުގޮތުގައި ދަރަނި މެނޭޖް ނުކުރެވި، ވެރިކަން ރަނގަޅަށް ނުކުރެވިއްޖެނަމަ އިތުރު ޤައުމުތަކުގައި އިހުތިޖާޖުތައް ފެނިގެންދާނެކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށެވެ.

އެގޮތުން ރައީސް ނަޝީދު ވަނީ މިކަމަކީ ދުނިޔޭގެ ޤައުމުތަކުން ހޭލާންޖެހޭކަން ފާހަގަ ކުރައްވާފައެވެ.

ދުލުވެރިކަމާއެކު ވެރިކަން ނުކުރެވިއްޖެނަމަ، އިތުރު ޤައުމުތަކުން އިހުތިޖާޖުކުރުންތައް ފެނިގެން ހިނގައިދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، 2012 ވަނަ އަހަރުގެ ފެބުރުއަރީމަހު އެމަނިކްފާނުގެ ވެރިކަން ވެއްޓުނީ އަދުލުވެރިކަމުން އެއްކިބާވެ، ކުރެވުނު ކަންތައްތަކެއްގެ ސަބަބުންކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން ޤާނޫނާ ހިލާފަށް ގާޒީއަކު ރަހީނުކުރުމާއި، ސިފައިންނާއި ފުލުހުން ލައްވައި އުސޫލާ ހިލާފަށް ކަންކަން ކުރައްވަން މަސައްކަތް ކުރި ކުރުމަކީ ރައީސް ނަޗިދުގެ ވެރިކަން ފުރޮޅެން ދިމާވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ނޭޕާލްގެ ވެރިކަމުގައި އިސް ފަރާތްތައް މަގާމުން އިސްތިއުފާދީފައިވަނީ، ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ނިންމުމާއި، ވެރިްނގެ ކޮރަޕްޝަން އިންތިހާއަށް ބޮޑުވެ، ޖެންޒީން ކުރި މުޒާހަރާތަކާ ގުޅިގެންނެވެ. މި މުޒާހަރާތައް އެންމެފަހުން ބޮޑު ހަމަނުޖެހުންތަކަކަށް ބަދަލުވެ އެތައް ބައެއްގެ ފުރާނަ ގެއްލި، އެޤައުމަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ